ކަފާލާތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި

ޖޯދްޕޫރް ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފްގެ އަޑު އެހުންތަކަށް ފަހު ކަފާލާތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކަފާލާތުގެ ދަށުން ސަލްމާން ޚާން މިނިވަން ވެއްޖެއެވެ. ސަލްމާން އަށް ޖަލު ހުކުމެއް އައީ 1998ވަނަ އަހަރު ޖޯދްޕޫރުގައި 2 ފުއްލާމަރާލައިފައިވާ ކަމަށް އޭނާގެ މައްޗަށް ކުށް ސާބިތު ވުމުންނެވެ. އޭނާ ފުއްލާ ތަކައް މަރާލީ ފިލްމެއްގެ 'ހަމް ސާތު ސާތު ހޭ' ގެ ޝޫޓިން ގައި އުޅެމުންކަމަށްވެއެވެ. މަރާލި ފުއްލާ ތަކަކީ ހިމާޔަތް ކުރެވިފައިވާ ފުއްލާތަކެކެވެ.

ބުރާސްފަތި ދުވަހު ޖޯދްޕޫރުގެ ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތު ވީ ނަމަވެސް އެކަށިގެންވާ ހެކި ނެތުމުން ފިލްމުގެ އެހެން ތަރީންވަނީ މިނިވަން ވެފައެވެ. އެތަރިންނަކީ ސަައިފް އަލީ ޚާން އާއި ތާބޫ އާއި ސޮނާލީ ބޭންޑްރޭ އާއި ނީލަމް ކޮތާރީ އެވެ. ޖަލަށް ހުކުމް ކުރުމުން ބުރާސްފަތި ދުވަހުން ފެށިގެން އޭނާ އޮތީ ޖޯދްޕޫރް ޖަލުގައެވެ. އޭނާގެ ވަކީލުން އޭނާގެ މައްސަލަ އިސްތިއުނާފު ކުރުމުން އިސްތިއުނާފުގެ އަޑު އެހުން ހުކުރު ދުވަހަށް ތާވަލު ކުރިނަމަވެސް އެމައްސަލަ މިއަދަށް ތާވަލު ކުރެވުނުވެ.

ސަލްމާން  ފަސް އަހަރަށް ޖަލަށް ހުކުމްކުރި ފަނޑިޔާރަށް އިއްޔެވަނީ ޕްރޮމޯޝަން ދީފައެވެ. ނަމަވެސް އޭނާގެ މައްސަލަ ބަލަނީ ރަވިންދްރަ ކުމާރް ޖޯޝީ އެވެ. އޭނާވެސް ވަނީ ސިރޯހީ އަށްބަދަލު ކޮށްފައެވެ. ރާޖަސްތާނުގައި އޭޕްރީލް މަހުގެ 15 އާއި 30 އާ ދޭތެރޭ ކޮންމެ އަހަރަކުވެސް ޖަޖުން ޓްރާންސްފަރ ކުރެއެވެ. މިއަހަރު 87 ފަނޑީޔާރަުކ ވަނީ ޓްރާންސްފަރ ކޮށްފައެވެ.   

މިއަދުގެ އަޑު އެހުން ފެށުނީ 10:30 ގައެވެ. މިއަދުގެ އަޑު އެހުމަށް ސަލްމާން ގެ ވަކީލުން 51 ސަފްހާގެ ކަރުދާސް ހުށަހެޅިއެވެ.

މިއަދުގެ އަޑު އެހުމުގައި ސަލްމާންގެ ވަކީލުން ބުނެފައިވަނީ ކޯޓަށް ހުށަހަޅާފައިވާ ހެއްކަކީ އިތުބާރު ކުރެވޭ ހެއްކެއް ނޫން ކަމުގައެވެ. އޭނާގެ ވަކީލުންވަނީ ސަލްމާން މަރާލި ފުއްލާތަކެއްގެ ޕޯސްޓްމޯޓަމް ރިޕޯޓް ކަމަށް ބުނެ ކޯޓަށް ހުށަހަޅަފައިވާ ޕޯސްޓްމޯޓަމް ރިޕޯޓާ މެދު ސުވާލު އުފައްދއަިފައެވެ. ސަލްމާނަށް އައި ހުކުމް ބޮޑަށް ބުރަވެފއަިވަނީ ހެކީގެ ގޮތުގައި ހުށަހަޅަފައިވާ ދެވަ ޕޯސްޓްމޯޓަމް ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ވާ ގޮތުން ދެ ފުއްލާ ވެސް މަރުވެފައިވަނީ ބަޑީގެ ހަމަލާއެއްގައެވެ.

ސަލްމާންގެ ދެ ކޮއްކޮ އާއީ އޭނާގެ ބޮޑީގާޑް މިއަދުގެ އަޑުއެހުމަށް ކޯޓަށް ދިޔައެވެ. ބޮލީވުޑްގެ ތަރީން ދަނީ ބުރާސްފަތި ދުވަހުން ފެށިގެން ސަލްމާނަށް އައި ހުކުމާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި އެތައް ތަރީންނެއް ވަނީ އޭނާގެ އާއިލާގެ މީހުންނާ ބައްދަލު ކޮށްފައެވެ. ބޮލީވުޑްގެ ތަރީންގެ ތެރެއިން ޕްރީތީ ޒިންތާ ވަނީ އިއްޔެ ޖޯދްޕޫރަށް ގޮސް ޖަލުން ސަލްމާން އާއި ބައްދަލު ކޮށްފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.