'އެނބުރި ދިއުމުގެ ހިނގާލުމު'ގެ ނަމުގައި ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރީގައި ފަަލަސްޠީނު މީހުން އިހުތިޖާޖުކުރި ދެވަނަ ހުކުރު ދުވަހު، އިސްރާާއީލު ސިފައިން ބަޑިއާއި ކަރުނަ ގޭސް ބޭނުންކޮށްގެން އިހުތިޖާޖުކުރަމުން ދިޔަ މީހުންނަށް ހަމަލާދީ ގިނަ ބަޔަކަށް އަނިިޔާކޮށްފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލު ސިފައިން ބަޑި ޖެހުުމުގެ ސަބަބުން 8 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 17 އަހަރުގެ ކުޑަކުއްޖަކުވެސް ހިނެނެއެވެ. އަދި ބަޑީގެ ވަޒަން އެރުމުގެ ސަބަބުންނާއި އާދަޔާއި ޚިލާފަށް ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޭވާ ހާސްވެގެން 1000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދޭން ޖެހުނެވެ. އޭގެ ތެރެއިން 250 އަަކަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އިއްޔެއަކީ، އެބައިމީހުންގެ ރަށްތަކާއި އަވަަށް ތަކުން 1948 ވަނަ އަހަރު ބޭރުކޮށްލެވުނު ފަލަސްޠީނު މީހުންނަށް އެބައިމީހުންގެ ވަޒަނަށް އެނބުރިދިއުމުގެ ހައްގު ދިނުމަށް އެދި ގޮވާލާ ކުރަމުންދާ ސިލްސިލާ އިހުތިޖާޖުތަކުގެ އަށްވަނަ ދުވަހެެވެ. މީގެ އެއް ހަފުތާކުރިން މި އިހުތިޖާޖުތައް ފެށުނު ހުކުރު ދުވަހުވެސް އިސްރާއީލު ސިފައިން ބަޑިޖަހައި ފަަލަސްޠީނުގެ 16 މީހުން މަރާލައި 1400 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައި ވެއެވެ.
އިއްޔެވެސް ޣައްޒާގެ އިތުރުން ހުޅަނގު އައްްސޭރީގެ ރަށްތަކުގެ މަގުތަކަށް ނުކުމެ ގިނަ ބަޔަކު އިހުތިޖާޖުކޮށްފައި ވެއެވެ.
ޣައްޒާ ސިޓީގައި މުޒާހަރާކުރި މީހުން ސަރަހައްދީ ރޮނގުގައި ޖަހާފައިވާ ދަލުގެ ކައިރިއަށް ގޮސް އިސްރާއީލު ސިފައިންނާ ދިމާއަށް ގާއުކައި އެތައް ސަތޭކަ ޓައިރެއްްގައި ރޯކޮށްފައިވެއެވެ. އަދި ޣައްޒާގެ އުތުރުގެ ރަށެއް ކަމުގައިވާ ޖަބާލިޔާއާއި، ދެކުނުގައި އޮންނަ ޚާންޔޫނުސާއި، ރަފަހުގައިވެސް މިފަދައިން އިހުތިޖާޖުކޮށްފައި ވެއެވެ.
އިިއްޔެވެސް އެމެރިކާއިން ވަނީ އިސްރާއީލު ސިފައިންގެ އަމަލުތައް ކުށްވެރިކޮށް، އެކަން ތަހުގީގުކުރުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ނެރެން އުޅުނު ބަޔާން ވީޓޯކޮށްފައެވެ. ފާއިތުވި ހުކުރު ދުވަހު ނެރެން އުޅުނު ބަޔާން ނުނެރެވުނީވެސް އެމެރިކާއިން ވީޓޯކުރުމުގެ ސަބަބުންނެެވެ.