ދަރިން ގެއިން ބޭރުކޮށްލި ކަމަށްބުނެ ފޭސްބުކްގައި ފޮޓޯ ދައުރުވި އަންހެން މީހާ އާއިލާއާ ހަވާލުކޮށްފި

މާލޭގެ ގެދޮރު ހުރި ދުވަސްވީ އަންހެނަކު އޭނާގެ ދަރިންނާ ޖެހުނު މައްސަލައެއްގައި ގެއިން ބޭރުކޮށްލުމުން އަންހެން މީހާ ގޯޅިގަނޑެއްގެ ތެރޭގައި ގޮދަނޑިއެއް އަޅައިގެން އޮތް މަންޒަރު ހިމެނޭ ފޮޓޯގައިވާ މީހާ އާއިލާއާ ޙަވާލު ކޮށްފިއެވެ.

ފުލުހުން ބުނީ އަންހެން މީހާ މިހާރު ވަނީ އޭނާގެ އާއިލާގެ ބެލުމުގެ ދަށުގައި ކަމަށެވެ. މީސް މީޑިޔާގައި އެ މީހާގެ ފޮޓޯއާއެކު ބަޔެއް މީހުން ބުނަމުން ދިޔައީ އަންހެން މީހާގެ ދަރިން އެމީހާ އެގެއިން ނެރެލުމުން ވަންނާނެ ތަނެއް ނެތުމުން ބޭރުގައި ނިދަނީ ކަމަށެވެ.

ނަމަވެސް ފަހުން އެ ފޮޓޯއާއެކު ބަޔެއް މީހުން ބުނެފައި ވަނީ އެމީހާގެ ދަރިން އެމީހާ ގެއިން ނެރެލީ ނޫން ކަމަށާއި ދަރިން ދެކެ އައިސްފައި ހުރި ރުޅިން ގެޔަށް ނުވަދެ ބޭރުގައި ނިދަނީ ކަމަށެވެ. އެމީހާއަށް އެގޭގައި ވަކިން ކޮޓަރިއެއް ހުންނަ ކަމަށްވެސް ބަޔެއް މީހުން އަވައްޓެރިންނާ ހަވާލާދީ ބުނެފައިވެއެވެ.

ނަމަވެސް އަންހެން މީހާއާބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ކުރި ޓްވީޓެއްގައި ހަމައެކަނި ބުނެފައި ވަނީ އެ އަންހެން މީހާ އާއިލާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.