ސީރިޔާގެ މައްސަލައިގައި މުސްތަގުބަލުގެ ލަނޑުދަނޑިތަކާއި، ކުރިއަށް ދާންވީ ގޮތެއް ނިންމުމަށް ތުރުކީވިލާތުގެ ރައީސު ރަޖަބް ތައްޔިބް އެރްެދޮގާނާއި، އީރާނުގެ ރައީސު ޙަސަން ރޫޙާނީއާއި، ރަޝިޔާގެ ރައީސު ވްލާޑިިމީރް ޕުޓިން ތުރުކީވިލާތުގެ ވެރިރަށް އަންކަރާގައި އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ސޫރިޔާގެ ހަނގުރާމަ މިހާރު ނިމެމުން އަންނަނީ ކަމަށާއި، އިންސާނީ އެހީދިނުމަށާއި، ސީރިޔާ އަލުން ބިނާކުރުމަށް އިސްކަން ދިނުމަށް މިބައްދަލުުވުމުގައި ތިން ބޭފުޅުން އެއްބަސްވެވަޑައިގެންފައި ވެއެވެ.
"ސީރިޔާއަށް ހަމަޖެހުން ނައިސް، ތުރުކީއަަކަށް ހަމަޖެހުމެއް ނެތް" ކަން ފާހަގަކުރައްވަމުން، މި ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން "ސީރިޔާގެ ސަރަހައްދީ ރޮނގު، ވައިޕީޖީ ވެސް ހިމެނޭހެން، ހުރިހާ ޓެރަރިސްޓު ޖަމާއަތްތަކުން ސާފުކުރާނެ" ކަމުގައި އެރްދޮގާން ވިދާޅުވިއެވެ. ރޫހާނީއާއި ޕުޓިންވެސް ވަނީ އެކަމަށް ތާއީދުުކުރައްވާފައެެވެ. އެކަމަކު އެބޭފުޅުން ވައިޕީީޖީގެ ވާހަކަ ނުގެންނަވައެވެ. ވައިޕީޖީއަކީ ކުރްދިސްތާނުގެ މިނިވަންކަމަށް ހަނގުރާމަކުރާ، ހަތިޔާރު އެޅި ކުރުދީ ޖަމާއަތެކެވެ. ތުރުކީވިލާތުން ބަލަނީ އެއީ ޓެރަރިސްޓު ޖަމާއަތެއް ކަމުގައެވެ.
ތިން ރައީސުން ބައްދަލުކުރައްވައި ސީރިޔާއަށް ސުުލްހަ ގެނެސް އަލުން ބިނާކުރުމަށް އެއްބަސްވެވަޑަގަތް އިރު، ތިން ބޭފުޅުންގެ ޚިޔާލު ތަފާތުވީ ހަމައެކަނި ވައިޕީޖީގެ މައްސަލައިގައެއް ނޫނެވެ. އީރާނާއި ރަޝިޔާއިން ބައްޝާރުލް އަސަދުގެ ސަރުކާރަށް ތާއީދުކުރާއިރު، ތުރުކީވިލާތުން ތާއީދުކުރަނީ އިދިކޮޅު ފްރީ ސީރިއަން އާމީއަށެވެ. އަނެއްކޮޅުން އީރާނާއި، ތުރުކީވިލާތުން ސީރިޔާގައި މަރުކަޒީ ސަރުކާރުގެ ފުރިހަމަ ބާރު އޮންނަ ޔުނިޓަރީ ދައުލަތަކަށް ތާއީދުުކުރާއިރު ރަޝިޔާއި ބޭނުންވަނީ ސީރިޔާގައި ފެޑެރަލް ސިސްޓަމެއް އޮތުމަށެވެ.
މިއީ ސީރިޔާގެ މައްސަލައިގައި މިބޭފުޅުން ބައްދަލުކުރެއްވި ދެވަނަ ފަަހަރެވެ. މިފަދަ ފުރަތަމަ ބައްދަލުވުން ބޭއްވުނީ ފާއިތުވި އަހަރު ރަޝިޔާގެ ސޯޗީގައެވެ.
ތިން ގައުމުގެ މެދުގައި ސީރިޔާއާ ގުޅޭ ސިޔާސަތުގައި ތަފާތުތަކެއް ހުރިނަމަވެސް، ތިންބޭފުޅުން ވަނީ ސީރިޔާގެ މުސްްތަގުބަލާމެދު ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެވަޑައިގެންފައެވެ. އެގޮތުން، ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި ވަކި ކަންތައްތަކެއް ހާސިލުކުރަން ދެކޮޅު ހެދުމާއި، ސީރިޔާ ބައިބައިކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކާއި ދެކޮޅު ހެދުމަށް އެެއްބަސްވެވުނެވެ.
އަދި އިންސާނީ އެހީ އިތުރުކޮށް، އަސާސީ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދީ، މައިންތައް ސާފުކުރުމުގައި ބައިނަލް އަޤްވާމީ އެހީދޭ ފަރާތްތަކަށް އަދި ވަކިން ޚާއްސަކޮށް އދ.އަށް ގޮވާލާފައި ވެއެވެ. މީގެ އިތުރަށް ތިން ގައުމުން ވަނީ އެބައެއްގެ ބާރު ހިނގާ ސަރަހައްދުގައި އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމަށް އެއްބަސްވެފައެވެ.