ބޮލީވުޑްގެ ތަރި އަނޫޕަމް ޚޭރް ބަފްޓާ އެވޯޑަށް ނޮމިނޭޓް ވެއްޖެއެވެ. އޭނާ މި އެވޯޑަށް ނޮމިނޭޓް ވީ ބީބީސީ 2ގެ ޑްރާމާ ފިލްމެއް ކަމަށްވާ 'ދަ ބޯއި ވިތް ދަ ޓޮޕް ނޮޓް' ގައި ކުޅެފައިވާ ރޯލަށެވެ. އޭނާ ނޮމިނޭޓް ވެފައިވަނީ 'ބެސްޓް ސަޕޯޓިން އެކްޓަރ' ގެ ގިންތީންނެވެ.
'ބެސްޓް ސަޕޯޓިން އެކްޓަރ' ގިންތިއަށް ހޮވިގައިވާ އެހެން ތަރިންނަކީ 'ލައިން އޮފް ޑިއުޓީ' ގެ ތަރި އެޑްރިއަން ޑަންބަރ އާއި 'ލިޓްލް ބޯއި ބްލޫ' ގެ ތަރި ބްރަޔަން އެފް އޯބަޔަރން އާއި 'ޔޫއެސްއެސް ކެލިސްޓަރ (ބްލެކް މިރަރ) ގެ ތަރި ޖިމީ ތޮމްސަން އެވެ.
'ދަ ބޯއި ވިތް ދަ ޓޮޕް ނޮޓް' އަކީ އިނގިރޭސި ޖާޏަލިސްޓެއް ކަމަށްވާ ސަތަމް ސަންގޭރާ އޭނާގެ ތަޖްރިބާގެ މައްަޗަށް ލިޔެފއަިވާ ހެއްވާ އަދި ޖަޒްބާތީ ހާދިސާތަކެއްގެ ވާހަކަ އެވެ.
'ބަފްޓާ އެވޯޑަކީ ބްރިޓިޝް އެކެޑަމީ ފިލްމް އެވޯޑް' އެވެ. ބަފްޓާ އެވޯޑަކީ އިނގިރޭސި އަދި އަދި ބައިނަލް އަގްވާމީ ފިލްމީ މަސައްކަތް ފާހަގަކޮށް ބްރިޓިޝް އެކެޑަމީ އޮފް ފިލްމް އެންޑް ޓެލެވިޜަން އިން ދޭ އިނާމެކެވެ.
މިއަހަރުގެ ބަފްޓާ އެވޯޑް އޮންނާނީ މިމަހުގެ 12ވަނަދުވަހުއެވެ. ބަފްޓާ އެވޯޑެއް ފުރަތަމަ ލިބުނި އިންޑިއާގެ ތަރިއަކީ ދޭވް ޕަޓޭލް އެވެ. އޭނާ އަށް އެވޯޑް ލިބުނީ 'ލަޔަން' ގައި ކުޅެފައިވާ ރޯލަށް 2017ވަނަ އަހަރުއެ