އޮލިމްޕިކް ޗެމްޕިއަން އަބީނާވް ބިންދްރާ ގެ ބަޔޯޕިކްގައި އަނިލް ކަޕޫރް އާއި ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު

އަބީނާވް ބިންދްރާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލު ކުޅޭނި އަނިލް ކަޕޫރް ގެ ދަރިފުޅު ހަރްޝްވަރްދަން އޭނާ އާއެކު އޭނާގެ ބައްޕަ އަނިލްވެސް ފިލްމުގައި މުހިއްމު ރޯލެއްް ކުޅޭނެއެވެ. .

ބިންދްރާ އަކީ 10 މީޓަރު އެއަރ ރައިފަލް ގެ ދުނިޔޭގެ އަދި އޮލިމްޕިކް ޗެމްޕިއަނެވެ. އަބީނާވް ވަނީ 2008ވަނަ އަހަރު ބެއިޖިންގ ގައި ބޭއްވި އޮލިމްޕިކް ގޭމްސް އިން ރަން މެޑަލް ހޯދާފައެވެ. މި މެޑަލާ އެކު އޭނާގެ ވެގެންދިޔައީ އޮލިމްޕިކް ގޭމްސްގައި ފަރުދީ ގޮތުން ރަން މެޑަލް ހޯދި އިންޑިއާގެ ފުރަތަމަ މީހާ އަށެވެ. އެ މެޑަލް އަކީ 1980ވަނަ އަހަރު އިންޑިއާގެ ހޮކީ ޓިމް ރަން މެޑަލް ހޯދި ފަހުން ލިބުނު ފުރަތަމަ މެޑަލެވެ. އަބީނާވް އަކީ ދުނިޔޭގެ ޗެމްޕިއަން ކަމާއި އޮލިމްޕިކް ޗެމްޕިއަން ރިކޯޑް އޭރު އޮތް މީހަކީވެސް އޭނާއެވެ. 2006ވަނަ އަހަރު އައިއެސްއެސްއެފް ވޯލްޑް ޝޫޓިން ޗެމްޕިއަންޝިޕް ހޯދުމަށްފަހު އޭނާ އޮލިމްޕިކް ޗެމްޕިއަންކަން ހާސިލު ކުރީ 2008 ވަނަ އަހަރުއެވެ. ބިންދްރާވަނީ 2014ވަނަ އަހަރު ގްލާސްގޯގައި ބޭއްވި ކޮމަންވެލްތް ގޭމްސްގައި ރަން މެޑަލް ހޯދާފައެވެ. 2016ވަނަ އަހަރު ރިއޯ ޑި ޖެނެރީގައި އޭނާ ދިޔައީ ހަތަރުވަނައަށެވެ.

އަބީނާވް ބިންދްރާ އަދި ހަރްޝަވަންދަން ކަޕޫރް

 

ބިންދްރާގެ ބަޔޮޕިކްގައި އޭނާ ކުޑައިރުން ފެށިގެން ގޮސް ބަޑިޖެހުމުގެ ތަމްރީން އާއި ހަމައަށް އޭނާ އައި ބަދަލު ދައްކުވައިދޭނެއެވެ. ފިލްމްގެ ޝޫޓިން ކުރިއަށް ދާއިރު ބިންދްރާގެ ހަށިގަނޑަށް އައި ބަދަލުތައް ދެއްކުމަށް ހަރްޝްވަރްދަން ބަރުދަން ލުއިކޮށް ބަރުދަން އިތުރު ކުރަން ޖެހެއެވެ. އެއީ ބިންދްރާ ކުޑައިރު ހުރި ގޮތާއި ފަހުން އޭނާގެ ހަށިގަނޑަށް އައި ބަދަލު ވީހާވެސް އަސްލާ އެއްގޮތަށް ދެއްކުމަށެވެ. ހަރްޝްވަރްދަން މިހާރު ދަނީ ފިލްމަށް ތައްޔާރުވުމުގެ ތަމްރީންތައް ހަދަމުންނެވެ.

ހަރްޝް އާއެކު އޭނާގެ ބައްޕަ ވެސް 'ބިންދްރާ' އިން ފެންނާނެއެވެ. ހަރްޝް ވަނީ އޭނާގެ ބައްޕައާއި އޭނާގެ ފޮޓޯއެއް އިންސްޓެގްރާމްގައި ޝެއަރކޮށް ބައްޕައާއި އެކު ފުރަތަމަ ފަހަރަށް ސްކްރީން ހިއްސާ ކުރަން ޖެހުމުން އާދަޔާ ޚިލާފު އުފަލެއް ލިބޭ ކަމަށް ބުނެފައެވެ. އަދި ބައްޕަ ފަދަ މޮޅު ތަރިއަކާ އެކު މަސައކަތް ކުރަން ޖެހިލުންވާ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ. ބައްޕަގެ ފަރާތުން ގިނަ އުކުޅުތަކެއް ދަސްވާނެތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

ޒުވާޏުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބިންދްރާ ވަނީ ކުޅިވަރުން ރިޓަޔަރ ކޮށްފައެވެ. އޭނާގެ އުމުރަކީ 36 އަހަރެވެ. އޭނާ އަކީ މިހާރު ވިޔަފާރި ވެރިއެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.