ހުކުރު ދުވަހުގެރޭ ލ. ގަމުގައި ޕީޕީއެމުން ޖަލްސާއެއް ބާއްވަން ނިންމައިފި

ސަރުކާރު ހިންގާ ޕީޕީއެމުން އަންނަ ހުކުރު ދުވަހުގެ ރޭ ލ. ގަމުގައި އެޕާޓީގެ ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނީ ލ. ގަމުގައި ހުކުރު ދުވަހުގެ ރޭ ބާއްވާ އޮންނާނީ ގަމު، ތުނޑީ އަވަށު ބަނދަރު ސަރަހައްދުގައި ކަމަށެވެ. އެރޭ 8:30 ގައި ފަށާ މި ޖަލްސާއަށް ކިޔާފައިވާ ނަމަކީ "މިތިބޫ ރައީސް ޔާމީނާއެކީ" އެވެ. މި ޖަލްސާގައި ޕީޕީއެމާއި ސަރުކާރުގެ ބަޔެއް އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެއެއެވެ.

ލ. އަތޮޅުގައި ޖަލްސާއެއް ބާއްވަން ޕީޕީއެމުން ތައްޔާރު ވާއިރު އެޕާޓީން ވަނީ ދާދިފަހުން ހުވަދު އަތޮޅުގައިވެސް "ވިދިވިދި އޮޓެއޮޓެ" ގެ ނަމުގައި ޖަލްސާއެއް ބާއްވާފައެވެ. ޕީޕީއެމުން ބުނީ ކުރިޔަށް އޮތް ތަނުގައިވެސް އެޕާޓީގެ ބޮޑެތި ޖަލްސާތަކެއް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.