އޭދަފުށިން އެމްޑީޕީ އާއި ޖޭޕީގެ އިސްބަޔަކު ޕީޕީއެމަށް ސޮއި ކޮށްފި

އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި ބ. އޭދަފުށީގައި އިސްކޮށް އުޅޭ ފަރާތްތަކެއް ސަރުކާރު ހިންގާ ޕީޕީއެމަށް ރޭ ސޮއި ކޮށްފިއެވެ.

ޕީޕީއެމުން ބުނެފައި ވަނީ އޭދަފުށިން ސޮއި ކުރި މީހުންގެ ތެރޭގައި އޭދަފުށީގައި އޮންނަ އެމްޑީޕީގެ "ހިތްވަރު ގޮފި" ގެ ރައީސް އާއި ޖޭޕީގެ ހަރަކާތްތަކުގައި އެރަށުގައި އިސްކޮށް އުޅޭ އަންހެނުންގެ ގޮފީގެ މެމްބަރުންތަކެއް ހިމެނޭ ކަމަށެވެ. ޕީޕީއެމަށް ސޮއި ކޮށް ފޯމު ހަވާލު ކުރުން ޕީޕީއެމްގެ އޮފީހުގައި ބޭއްވިއިރު ފޯމުތައް ހަވާލު ކޮށްފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަޙީމްއާއެވެ.

ފޯމު ހަވާލުކުރުމުގެ ބައްދަލުވުމުގައި އަބްދުއްރަޙީމްގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.