އިސްރާއީލާއެކު ސައޫދީންގެ މަސްލަހަތު ވަަރަށް ބޮޑު: މުޙައްމަދު ބިން ސަލްމާން

މުޙައްމަދު ބިންސަލްމަން ނިއުޔޯކް ސިޓީގެ ކުރީގެ މޭޔަރު އަދި ބްލޫމްބާގް ކުންފުނީގެ ވެރިޔާ މައިކަލް ބްލޫމްބާގާއެކު

އިސްރާއީލާއެކު ސައޫދީ އަރަބިއްޔާގެ މަސްލަހަތު ވަރަށް ބޮޑުކަމުގައި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
"އިސްރާއީލަކީ އެގައުމުގެ ބޮޑުމިނަށް ނިސްބަތްކޮށް ބަލާއިރު، ވަރަށް ބޮޑު އިގްތިސާދެއް. ޔަގީނުންވެސް އިސްރާއީލާއެކު އަހަރުމެން ހިއްސާކުރާ ގިނަ މަސްލަހަތުތަކެއް ވޭ. އަދި ސުލްހަ ގާއިމުވެެއްޖެނަމަ، އިސްރާއީލާ ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކާ އަދި މިސްރާއި ޖޯޑަން ފަދަ ގައުމުތަކާއެކު ގިނަ ކަންތައްތަކެއްގައި އާއްމު މަސްލަަހަތު އޮންނާނެ." އިސްރާއީލާއެކު ސައޫދީންނަށް އެެއްވެސް މަސްލަހަތެއް އޮތްތޯ، އެމެރިކާގެ ދިއެންްޓްލާންޓިން ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.
ފަލަސްޠީނުުގެ ބިމުން އިސްރާއީލަށް ބައެއް ހައްގުވޭތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ "އަަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ ތަނެއްގައި އުޅޭ ކޮންމެ ބަޔަކަށްވެސް އަމާން ގައުމެއްގައި ދިރިއުޅުމުގެ ހައްގު ލިބިގެންވޭ. ފަލަސްޠީނު މީހުންނަށް އެބައިމީހުންގެ އަމިއްލަ ބިމުގައި އުޅުމުގެ ހައްގު ލިބިގެންވާ ކަމަށްވެސް އަހަރެން ގަބޫލުކުރަން. އެހެންނަމަވެސް، ހަމަޖެހުން އޮތުމަށާއި، ކޮންމެ ބަޔަަކާ އެކުވެސް އާދައިގެ ގުޅުންތަކެެއް ބޭއްވުމަށްޓަކައި އަަހަރުމެން ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރަން ޖެހޭ." އަދި އަލްމަސްޖިދުލް އަޤްޞާާއާއި، ފަލަސްޠީނު މީހުންގެ ހައްގުތަކާާމެދު ކަންބޮޑުވެވަޑައިގަންނަވާކަންވެސް އޭނާ ހާމަކުރެއްވިއެވެ.
ޔަހޫދީންނާ ސައޫދީންނާ ދެމެދު ދުޝްމަންކަމެއް ނެތްކަން ހާމަކުރައްވަން މަސަައްކަތްކުރައްވަމުން އޭނާ ވިދާޅުވީ "އަހަރުމެންނާ ޔަހޫދީންނާ ދެމެދު އެއްވެސް މައްސަލައެއް ނެތް. އަހަރުމެންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ވެސް ޔަހޫދީ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންނެވި. ހަަމަ އެކަނި ރަހްމަތްތެރިއަކަށް ވީއެއް ނޫން. އެކަލޭގެފާނު އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ. އެކަލޭގެފާނުގެ އަވަށްޓެރިންގެ ގޮތުގައި ޔަހޫދީން ތިބި."
ރަސޫލާ صلى الله عليه وسلم ޔަހޫދީ ކަނބަލަކާ ކައިވެނިބައްލަވައިގެންނެވި ކަމުގައި މުޙައްމަދު ބިން ސަލްމާން ވިދާޅުވި ނަމަވެސް ކަމުގެ ހަގީގަތް އޮތީ އެހެންނެއް ނޫނެވެ. އޭނާ އެ އިޝާރާތްކުުރައްވަނީ އުއްމުލް މުއުމިނީން ޞަފިއްޔާ ބިންތި ޙުޔައްޔު ބްނު އަޚްޠަބަށެވެ. ޚައިބަރު ހަނގުރާމައިގައި އެކަމަނާގެ ފިރިމީހާ ޤަތުލުވެ، އެކަމަނާ އަސީރެއްގެ ގޮތުގައި ހައްޔަރުވުމަށް ފަހު، އެކަމަނާއާ ކައިވެބައްލަވަގަންނަވަން އެދިވަޑައިގަންނަވަމުން ރަސޫލުﷲ صلى الله عليه وسلم ވިދާޅުވީ "އަމިއްލަފުޅު ނަފުސާ މެދު ބޭނުންފުޅުވާ ގޮތެއް ކަމަނާ އިޚްތިޔާރުކުރައްވާށެވެ. ކަމަނާ އިސްލާމްދީން އިޚްތިޔާރުކުރައްވައިފިއްޔާ ތިމަންކަލޭގެފާނު ކަމަނާއާ ކައިވެނިކުރައްވާހުށީމެވެ. ކަމަނާ ޔަހޫދީއެެއްގެ ގޮތުގައި ހުންނަވަން އިޚްތިޔާރުކުރައްވައިފިއްޔާ، ކަަމަނާގެ ގައުމުގެ މީހުންގެ ގާތަށް ވަޑައިގަންނަވަން ފަހަރެއްގައި ތިމަންކަލޭގެފާނު ކަމަނާ ދޫކޮށްލައްވަފާނަމެވެ." ދެން، އެކަމަނާ އިސްލާމްދީން އިޚްތިޔާރުކުރެއްވުމުން އެކަލޭގެފާނު އެކަމަނާ މިނިވަންކުރައްވައި، މިނިވަންކުރެއްވުން އެއީ ކައިވެނީގެ ރަންކަމުގައި ހައްދަވައި އެެކަމަނާއާ ކައިވެނި ބައްލަވައިގަތީއެވެ. އެހެންކަމުން، އެކަލޭގެފާނު ޔަހޫދީއަކާ ކައިވެނި ބަައްލަވައިގެންފަައި ނުވެއެވެ.
"އެމެރިކާއާއި ޔޫރަޕުން އައިސް އުޅޭ ވަރަށް ގިނަ ޔަހޫދީން ސައޫދީ އަރަބިއްޔާއިން ވެސް ފެންނާނެ. މުސްލިމުންނާ، ނަސާރާއިންނާ، ޔަހޫދީންގެ މެދުގައި މައްސަަލަަތަކެއް ނެތް. އަހަރުމެންގެ މެދުގައި ޖެހޭ މައްސަލަތަކަކީ ކޮންމެ ދޭދޭ ބައެެއްގެ ދެމެދުގައިވެސް ޖެހޭ ފަދަ އާދައިގެ މައްސަލަތައް." ޔަހޫދީންނާއި މުސްލިމުންގެ ގުޅުމާ މެދު ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރަައްވަމުން ސައޫދީ ވަލީއަހުދު ވިދާޅުވިއެވެ.
މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާގެ ޔަހޫދީ ޖަމާއަތްތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. އޭނާ ބައްދަލުުކުރެއްވި މީހުންގެ ތެރޭގައި އެމެރިކަން ޖުވިޝް ކޮމިޓި، ޖުވިޝް ފެޑެރޭޝަން އޮފް ނޯތު އެމެެރިކާ، ސްޓޭންޑް އަޕް ފޯ އިޒްރޭލް އަދި އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީގެ ވެރިން ހިމެނެއެވެ.
މިހުރިހާ ޖަމާއަތްތަކީވެސް ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާާބާދުކުރުމަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރާ ޖަމާއަތްތައްކަން ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.