އިޒަބެލް ކައިފް ގެ ފިލްމަށް ސަލްމާންގެ 'އޯ އޯ ޖާނެ ޖާނާ' އަލުން އުފައްދަނީ

90އިގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވި ސަލްމާން ޚާން ގެ 'އޯ އޯ ޖާނެ ޖާނާ' އަލުން އުފައްދަން އޭނާ ނިންމައިފިއެވެ. މިލަވަ އުފައްދަނީ ކަޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް ބޮލީވުޑަށް ތައާރަފް ކުރާ ފިލްމަށެވެ. އެ ފިލްމުގެ ނަމަކީ "ޓައިމް ޓު ޑާންސް' އެވެ.

'އޯ އޯ ޖާނެ ޖާނާ' އަކީ 'ޕިޔާރ ކިޔާ ތޮ ޑަރްނާ ކިޔާ' ގެ ލަވައެކެވެ. ފިލްމު ރިލީޒް ކުރެވުނީ 1998ވަނަ އަހަރު އެވެ. ލަވަ ކިޔާފައިވަނީ ކަމާލް ޚާން އެވެ. 'ޓައިމް ޓު ޑާންސް' ގައި ހިމަނާ ލަވައިގެ އާ ވަރޝަންވެސް ކިޔާނީ ކަމާލް އެވެ. 'އޯ އޯ ޖާނެ ޖާނާ' އަކީ ސުޕަރހިޓެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.