އައިސްކްރީމް ބްރޭންޑެއް ކަމުގައިވާ މެގްނަމް އައިސްކްރީމް އިން އިންޑިއާގެ ޕެޓިސަރީ ކުއީން ޕޫޖާ ދިންގްރާ އައި ގުޅިގެން ރެޑް ކާޕެޓް ޓްރެންޑްތައް ދައްކައިދޭ މެގްނަމް ތަކެއް ފަރުމާ ކޮށްފިއެވެ.
ޕޫޖާ ފަރުމާ ކުރި މަގްނަމް ތަކުގެ ޓޮޕިންގސް ގެ ގޮތުގައި ބޭނުންކޮށްފއި ހުރީ ރެޑް ކާޕެޓް ހަފްލާތަކުްނ ފާހަގަ ކުރެވުނު ހެދުންތަކުގެ ޑިޒައިން ތަކެވެ. އެގޮތުން ސޯނަމް ކަޕޫރް އާއި ނެހާ ދުޕިއާ އާއި މަސާބާ ގުޕްތާގެ ހެދުންތަކުގެ ޑީޒައިންތައް ބޭނުންކޮށްެގެން ޕޫޖާ ވަނީ މެގްނަމް ޓޮޕިން ތައްޔާރު ކޮށްފައެވެ. ޕެޓިސަރީގެ ދާއިރާގައި އިންޑިއާގއި އެންމެ ފާހަގަކޮށްލެވޭ އެއް ފަންނުވެރިއަކީ ޕޫޖާއެވެ.
މީސްމީޑިއާގައި ޕޫޖާ ފަރުމާ ކުރި ބައެއް މެގްނަމް ތަކުގެ ފޮޓޯ ޕޯސްޓްކޮށްފައިވެއެވެ.