އަހަރެންގެ ސްޓައިލަކީ އަމިއްލަ ފައިސާއަށް ގަތް އެއްޗެއް: އަކްޝޭ ކުމާރް

2018ވަނަ އަހަރުގެ ޖީކިއު އެވޯޑް ހަފްލާގައި ޖީކިއު ލެޖެންޑަކަށް އަކްޝޭ ކުމާރް ހޮވައިފިއެވެ. އިނާމާ ހަވާލުވުމަށް ފަހު ހާޒިރީންނާ ވާހަކަ ދައްކަމުން އަކްޝޭ ބުނީ އޭނާ ގެ ސްޓައިލަކީ އޭނާ ބޮޑުވަމުން އައި އިރު އަމިއްލަ ފައިސާއިން ގަނެފައިވާ އެއްޗެއް ކަމަށެވެ. އަކްޝޭ ބުނީ އެއީ ހަގީގަތެއް ކަމަށާއި ގިނަ މީހުން އެމީހުންގެ ސްޓައިލް ގަންނަނީ ފައިސާ ދީފައެވެ. އޭނާ ބޮޑޫ ވަމުން އައި އިރު ބޭރުގެ މަޖައްލާތައް ގަންނަނީ ހަމައެކަނި އޭގައި ހުންނަ ހޮލީވުޑް ތަރީންގެ ސަފްހާތަކުގެ ބޭނުމުގައި ކަމަށް އަކްޝޭ ބުންޏެވެ. އޭނާގެ ފެޝަން ސެންސް ތަރައްގީ ކުރީ އެ ފޮޓޯތައް ބަލައިގެން ކަމަށް އަކްޝޭ ބުންޏެވެ. މިހާރުވެސް ގިނަ ތަރީންތަކެއް ބޭރުގެ ސްޓައިލްތައް ބަލާ ކަމަށް އަކްޝޭ ބުނެފައިވެއެވެ.

ޖީކިއު ސްޓައިލް އެވޯޑް ހަފްލާގައި އެންމެ ސްޓައިލިޝް ދެ ތަރިންގެ ގޮތުގައި ހޮވުނީ ޝާހިދު ކަޕޫރް އާއި އާލިއާ ބަޓް އެވެ. އިނާމާ ހަވާލުވަމުން އާއލިއާ ބުނީ އެފަދަ އެވޯޑެއްލިބުމުން އޭނާ އަބަދުވެސް ވަރަށޤ އުފާވާ ކަމަށެވެ. ނަމަވެސް އޭނާގެ އަމިއްލައަށް ހެދުން އަޅާނަމަ އަބަދުވެސް ލާނީ ޓްރެކް ޕޭންޓްސް ކަމަށް އާލިއާ ބުންޏެވެ. އޭނާއަށް އިނާމު ލިބުނީ އޭނާގެ ސްޓައިލިސްޓާއި ޓިމުގެ މަސައްކަތުން ކަމަށް އާލިއާ ބުންޏެވެ. އާލިއާ ވަނީ އޭނާގެ ޓީމަށް ޝުކުރު އަދާކޮށްފައެވެ. ޝާހިދު ބުނީ ބައެއް ސްޓައިލް ތައް އެއްގޮތަކަށްވެސް ގެއްލިގެނެއް ނުދެއެވެ. ޖީކިއު އަކީ އެފަދަ މިސާލެއް ކަމަށް އޭނާ ބުންޏެވެ. އޭނާ އާއި އޭނާ ފަދަ އެހެން މީޙުން ސްޓައިލުގައި ބައިތިއްބަނީ ޖީކިއު ކަމަށް ވެސް ޝާހިދު ބުންޏެވެ.

މިއަހަރުގެ ޖީކިއު ސްޓައިލިޝް އިނާމް ހަފްލާގައި ބޮލީވުޑް ގެ މަޝްހޫރު ޝަޚްސިއްޔަތުތައް ބައިވެރިވިއެވެ. އޭގެތެރޭގައި އާލިއާ ބަޓް އާއި ޝަހިދު ކަޕޫރް އާއި އަކްޝޭ ކުމާރް ފަދަ ތަރީން ހިމެނެއެވެ. އަދި ބޮލީވުޑަށް އަލަށް ގުޅޭ ބައެއް ތަރީން ވެސް ފެނިގެންދިޔައެވެ. ކަޓްރީނާ ކައިފް ގެ ކޮއްކޮ އިޒަބެލް ކައިފް އާއި ކްރިތީ ސެނޮން ގެ ކޮއްކޮ ނުޕޫރް ސެނޮން ބައިވެރިވިއެވެ. ހަފްލާ އޮތީ މާޗް މަހުގެ 31ވަނަ ދުވަހުއެވެ.

މައުލޫމާތު ނެގީ އިންޑިއަން އެކްސްޕްރެސް އިން

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.