ކުވޭތުގައި ދެބަސް ޖެހިގެން 15 މީހުން މަރުވެއްޖެ

ކުވޭތުގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓު

ކުވޭތުގައި ދެބަސް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 15 މީހުން މަރުވެ 4 މީހުން ޒަޚަމްވެއްޖެއެވެ.
ސަރުކާރުގެ ތެޔޮ ކުންފުނި ކަމުގައިވާ ކުވޭތު އޮއިލް ކޮމްޕްނީ (ކޭއޯސީ) ގެ ބުރުގާން ތެޔޮވަޅުގައި މަަސައްކަތްކުރާ މީހުން ގޮވައިގެން ދަތުރުކުރި ދެބަސް ޖެހުނީ ބާރު ސްޕީޑްގައި ދެކޮޅަށް ދުއްވާފައި ދަނިކޮށެވެ. ކުވޭތު ފަޔާ ސާވިސް ޑިރެކްޓަރޭޓުން ޚަބަރުދިން ގޮތުގައި ޒަޚަމްވި ބައެއް މީހުން ތިބީ ބަހުގެ ތެރޭގައި ތާށިވެފައެވެ.
ކޭއޯސީގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާ 7 މީހުންނާއި، މިޞްރު 5 މީހުންނާއި، ޕާކިސްތާނު ތިން މީހުންނެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އިންޑިޔާ ދެ މީހުން ހިމެނޭއިރު އޭގެތެރޭން އެކެއްގެ ހާލު ސީރިއަސް ކަމަށް ވެއެވެ.
ކުވޭތު ފަޔާ ސާވިސް ޑިރެކްޓަރޭޓްގެ ކާނަލް ޚަލީލުލް ޢާމިރު ވިދާޅުވީ، ބަހުގައި ދަތުރުކުރީ ސަބް ކޮންޓްރެކްޓަށް ކޭއޯސީއަށް މަސައްކަތްކޮށްދޭ ބުރުގާން ޑްރިލިންގ ކިޔާ ކުންފުންޏެއްގެ މުވައްޒަފުންނެވެ.
ދުވާލަކު 3 މިިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ނަގާ ކުވޭތުގެ ތެލުގެ ސިނާއަތުގައި ގިނަ އަދަދެއްގެ ބޭރު މީހުން މަސައްކަތްކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.