ކުރީގެ ފަސްޓްލޭޑީ މަގުމައްޗަށް، ގައުމު ލަދުގަންނަންޖެހޭ ކަމެއް:އުމަރު

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވައި އެތައް ޚިދުމަތްތަކެއް މިގައުމަށް ކޮށްދެއްވައިފައިވާ ކުރީގެ ރައީސް މައުމޫމޫނު އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކްރިމިނަލް ކޯޓު ކައިރިއަށް އިއްޔެ ވަޑައިގެން ހުންނެވި ހުންނެވުމަކީ މި ގައުމު ލަދު ގަންނަންޖެހޭ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ނަސްރީނާ އިބްރާހީމަކީ ރާއްޖެދުށް ފަސްޓްލޭޑީންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި އެންމެ އަބުރުވެރި އެންމެ ފަޚުރުވެރި ބޭފުޅާ ކަމަށެވެ. ރައީސް މައުމޫން 30 އަހަރު ވެރިކަން ކުރެއްވިއިރު ވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ނުފޫޒާއި އާރާއިބާރު ފޯރުވަން އެކަމަނާ މަސައްކަތް ކުރައްވައިފައި ނުވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އެފަދަ ބޭފުޅަކު އިއްޔެ ކްރިމިނަލްކޯޓު ކައިރިއަށް ވަޑައިގެން ހުންނެވި ސަބަބާމެދު ވިސްނާއިރު ގައުމު ލަދުގަންނަންޖެހޭ ކަމަށާއި އެއީ ގައުމުގެ އަދުގެ ހާލަތުވެސް ދައްކުވައިދޭ ހިތާމަވެރި މަންޒަރެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އެކަމަނާ އެތަނަށް ވަޑައިގެން ހުންނެވީ ފިރިކަލުން މައުމޫން އަބްދުލްގައްޔޫމް އެކޯޓަށް ގެންނެވީތީއެވެ. ރައީސް މައުމޫން އިސްތަށިފުޅުގައި އެއްވެސް ހަގީގަތެއްނެތް ކަންކަން އަޅުއްވައި އެމަނިކުފާނު ކޮށްދެއްވައިފައިވާ ޚިދުމަތަށް ބެއްލެވުމެއްނެތި ޚާއްސަކޮށް އެމަނިކުފާނުގެ ކޮއްކޯފުޅު ވެރިކަމުގައި ހުންނަވައިގެން ރައީސް މައުމޫން ޖަލަށް ލެއްވުމަކީ ބަލައިގަންނަން ފަސޭހަކަމެއް ނޫންކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދިފާއުގައި ނަސްރީނާ މަގުމައްޗަށް ނުކުމެ ވަޑައިގެންނެވުމަކީ އާދައިގެ ކަމެއްނޫން ކަމަށާއި އެއީ ހިތާމަކުރަންޖެހޭ ލަދުވެތި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެ މަގުމަތީގައި ހުންނަވައިގެން ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކޮންމެ ކަމަކީވެސް ތަގުދީރުގެ ތެރެއިން ހިނގާނެ ކަންކަން ކަމަށެވެ. އެހެންވީމާ ވަރަށް އަވަހަށް ކާމިޔާބުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. ހައްގަށް ނަސްރު ދެއްވާނެ. މީހާ ދަތުރުކުރާ މަގުވަރަށް މުހިންމު އެއްޗެއް. މީހާ އެހުރީ ހައްގުގޮތުގައި ކަމަށްވާނަމަ އުފަލުގައި ހުންނާނީ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ނަސްރާ ހަމައަށް ވެސް ދާނެ،" އެކަމަނާ ވިދާޅުވިއެވެ.

"ކޮންމެ ބޭފުޅަކުވެސް ވިސްނަވަންވާނެ ކޮން މަގަކުންތޯއޭ ހިނގުނީ އަޅުގަނޑުމެންނަށް. ސައްހަ މަގުންތޯ. ޞިރާޠުލް މުސްތަޤީމުގައިތޯ މިތިބެވެނީ ހުރިހައި އިރަކުވެސް. އިރާދަ ކުރެއްވިއްޔާ ބަންދުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ސަލާމަތްވާނެ ވަރަށް އަވަހަށް،" ނަސްރީނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

  1. Saabahey thi kamanaa kuravaa hivarufulha MaaAllah vara avaha nasru dei vaane iraadha kureviyaa. Thi gothugai saabithu kamaa eku thibuma dannavan. Aharemen hurihaa dhivehi darin bei nun vanee minivan kamaa eku ufaluga ulhen. Mi dhivehi bin mathin aniya verikan foheluma.

  2. Umaru tha muva veeyaa miko 30 aharuge verikan kede Raeesakaage abikamna behenee. They den thanfuka bodavara. By the way umaraa thehishee kon party aka?? Ma heevenee adias thehishee PPM a hen makara veri vegen.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.