ގެ ދޫކޮށްލުން
ކުއްޔަށް ހިފައިގެން އުޅުނ ގެ ދޫކޮށްލަން ޖެހުނީމާ ޢަލީ އޭނާގެ އެކުވެރިޔަކު ގާތު ބުންޏެވެ. "އަހަރެން މި ބުނާ އެއްޗެހި ނިކަން އަވަހަށް ގެނެސްދީ. ހަތަރު ބާ ގޯނި. ވިހި މީދާ. ސާޅީސް ކުރަފި. ކިލާ ގޯންޏެއް. ހަތަރު ބިޗޫ."
އެކުވެރިޔާ ހައިރާން ވެފައި އަހައިލިއެވެ. "ތިޔައީ ކީއްކުރަން ހޯދާހައި އެއްޗިއްސެއް؟"
ޢަލީ ބުންޏެވެ. "ގޭގެ ވެރިމީހާ ބުނީ ގެ ދޫކޮށްލާއިރު ހުންނަން ވާނީ ކުއްޔަށް ހިފި ދުވަހު ހުރި ގޮތަށޭ."
ބައްޕަ
ކުޑަ ކުއްޖަކު ގެއެއްގެ އަނބު ގަހަތަށް އަރައި އަނބު ބިންނަނިކޮށް އެގޭ ވެރިމީހާއަށް ފެނިއްޖެއެވެ.
"ގޭގެ ގަސްގަހަށް އަރައި ވަގަށް އަނބު ބިންނާކަށް ކަލޭ ލަދެއް ނުގަނޭތަ؟ އަހަރެން ހަމަ މިހާރު ގޮސް ކަލޭގެ ބައްޕަ ގާތު ބުނާނަން.'
އެ ކުއްޖާ ބުނެފިއެވެ. "ތަނަކަށް ދާނެ ކަމެއެް ނެތް. މިހާރު ބުނެލާ. ޖެހިގެން މިހިރަ ގަހުގައި ބައްޕަ އެ އޮތީ."
ޒުވާންވުން
ޑޮކްޓަރު މުސްކުޅި ބަލީމީހާ ގާތު ބުންޏެވެ. "މިހާރު ދުނިޔެ ވަރަށް ބޮޑަށް ތަރައްގީ ވެއްޖެ. އަހަރެން ދެން ޖަހާ އިންޖިކުސަން ޖެހުމާއެކު ކަލޭ ޒުވާން ވެދާނެ.]
މުސްކުޅިޔާ ބުންޏެވެ. "ނޫނޭ. ތިޔަހެން ނުހައްދަވާ. އަޅުގަނޑު ޒުވާން ވެއްޖެއްޔާ ހައެއް ފަހެއްގެ ފައިސާއެއް ނުލިބޭނެ."