ކިނބިހި އެޅުން
މީހަކު ކިނބިހި އެޅެން އުޅުނީމާވެސް ނާޅަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެން މީހަކު މި މަންޒަރު ބަލަން ހުއްޓެވެ. ގިނައިރު ވެގެންގޮސް އެންމެ ފަހުން ކެތް ނުކުރެވިގެން އަހައިފިއެވެ. "ކިނބިހި އަޅަން ވީނު. ނާޅަން ގަދަހަދަނީ ކީއްވެގެން؟"
އެމީހާ ބުންޏެވެ. "އަހަރެން ކިނިހި ނާޅަން މަސައްކަތް މި ކުރަނީ ސަބަބެއް އޮވެގެން. އަހަރެންގެ އަނބިމީހާ ބުނެފައި އޮތީ ހަނދާން ކުރާށޭ ކިނބިއްސެއް އެޅިއްޖެއްޔާ އަހަރެން ކަލޭގެ މަތީން ހަނދާން ކުރަނީއޭ. އެހެންވީމާ ކުރަން ހުރި ހުރިހައި ކަމެއް ހުއްޓާލާފައި އަވަހަށް ތިމަންގެ ގާތަށް އަންނާށޭ."
"ތިޔައީ ރަނގަޅު ކަމެއްނު؟"
އެމީހާ ބުންޏެވެ. "އަހަރެންގެ އަންހެނުން މަރުވިތާ މިހާރު އަހަރެއްހައި ދުވަސް ވެއްޖެ."
މަންމަގެ ކަންބޮޑުވުން
އަންހެނަކު މާބޮޑަށް ކަންބޮޑުވެފައި ހުރެގެން މާ ހަލުތްވެއްކޮށް ހިނގާފައި ދާތަން ފެނުނީމާ އޭނާގެ އެކުވެރި އަންހެނަކު އަހައިފިއެވެ. "މަރިޔަންފުޅާ މާ ކަންބޮޑުވެފައި ހުރެގެން ތިޔަ ދަނީ ކޮން ތަނަކަށް؟"
މަރިޔަންފުޅު ބުންޏެވެ. "އައިސާ މި އުޅެނީ ވަރަށް ދެރަ ކަމެއް ވެގެން. އަހަރެންގެ ދަރިފުޅު ބައިރުފިޔާއެއް ދިރުވާލައިފި."
އައިސް ބުންޏެވެ. "ކަންބޮޑުނުވޭ. މިޒަމާނަކު ބައިރުފިޔާއަކަށް އެއްވެސް އެއްޗެއް ނުލިބޭނެ."