މިޔަންމާގައި ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެފައި އޮތް ސަރުކާރު ފާއިތުވި ފެބްރުވަރީމަހު އިިންގިލާބަކުން ވައްޓާލުމަށް ފަހުު، މިހާރު ވެރިކަންކުރަމުންދާ ސިފައިންނާ ދެކޮޅަށް އާއްމުން ނުކުތުން އިތުރުވަމުންދާތީ، އެ ގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އިތުރުވަމުންދާ ކަމުގައި އދ.ގެ ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވިދާޅުވެއްޖެއެެވެ.
އިއްޔެ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލާ މުޚާޠަބުކުރައްވަމުން ކޮމިޝަނާ މިޗޭލް ބަޗެލެޓް ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުން އިތުރަށް މަސަައްކަތްކޮށްގެން މިޔަންމާއަށް ޑިމޮކްރެސީ އަނބުރާ ގެނެސް، އެގައުމު އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުނަ ނުދިނުމަށް އޮތް ފުރުސަތު ދަނީ ހަނިވަމުންނެވެ.
ފެބްރުވަރީ މަހު އަސްކަރިއްޔާއިން ނުކުމެ އާންގް ސަންގް ސޫ ޗީގެ ސަރުކާާރު ވައްޓާލިފަހުން އެ ގައުމު ވަނީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައެވެ. އަދި ހަތިޔާރާއެކު ސަރުކާރާ ދެކޮޅަށް ނުކުންނަ މީހުން އިތުރުވަމުންދާއިރު، އެފަދަ މީހުން ހުއްޓުވުމަށް އަސްކަރިއްޔާއިން އަނިޔާވެރިކަން އިސްކުރުން ދަނީ އިތުރުވަމުންނެވެ.
ސިފައިންގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް "ރައްޔިތުންގެ ދީފާއީ ހަނގުރާމައެއް" އަސްކަރީ އިންގިލާބުގައި އުވާލު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިމަހުގެ ކުރީކޮޅު ގޮވާލެއްވުމާއެކު ގައުުމުގެ އެ ސަރަހައްދުތަކުގައި ސިފައިންނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. ބެޗެެލެޓް ވިދާޅުވި ގޮތުގައި އިންގިލާބުގެ ސަބަބުން "މުޅި ގައުމުގައި އެތައް ބައެެއްގެ ދިރިއުޅުމާ އުއްމީދުތައެް ފުނޑުފުނޑުވެފައި"ވުމުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ހައްގުތަކުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ.
ހުރިހާ ފަރާތެއް ހިނެނޭ ސިޔާސީ މަސައްކަތްތަކެެއް ފެށުމަށް ބެޗެލްޓް ވަނީ ގައުމުތަކަށް ގޮވައިލައްވާފައެެވެ. އޭނާ ވިދާޅުވި ގޮތުގައި އަސްކަރީ އިންގިލާބުގެ ކުރިން މިޔަންމާ އޮތްގޮތަށް ރުޖޫއަކޮށް ހަަމަނުޖެހުމާއި، އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެނައުމަށް އާސިޔާން (އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިޔަން ނޭޝަންސް) ފަދަ ޖަމާއަތްތަކުގެ ނުފޫޒު ބޭނުންކުރުން ވަރަށް މުހިއްމެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިފައިންގެ މަދު ބައެއްގެ ބޭނުންތައް ހާސިލުކުރުމަށްްޓަކައި މިޔާންމާ ޑިިމޮކްރެސީއާ ހަމަޖެހުމާ ދިމާއަށް ދަތުރުކުރަމުން ދިޔަ މަގު ވަނީ ފާއިތުވި މަސްތަކުގައި ބަންދުކޮށްފައެވެ.
ބެޗެލެޓް ފާހަގަކުރެއްވި ގޮތުގައި އަސްކަރީ އިންގިލާބަށް ފަހު، ސިފައިން ވަނީ އާއްމުންގެ 1100 އަށްވުރެ ގިނަ މީހުން މަރާލާފައެވެ. އަދި، ކުޑަކުދިންވެސް ހިމެނޭހެން، 8000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.
ޗިލީގެ ރައީސުކަން ކުރިން ކުރައްވާފައިވާ ބެޗެލެޓް ވަނީ މިޔަންމާއަށް އިންސާނީ އެހީ ފޯރޮށްދިނުމުގެ މަގު ތަަނަވަސްކޮދިނުމަށް މިޔާންމާގެ ހުރިހާ ފަރާތްތަކަށް، ޚާއްސަކޮށް އަސްކަރީ ވެރިންނަށް ގޮވައިލައްވާފައެވެ.