މެމްބަރު ފަލާޙް މާލެއިން 1000 އަކަފޫޓުގެ ގޯއްޗެއް ގަނެފި

ރައްޔިތުންގެ މަޖިލީހުގެ އިނގިރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް މާލެއިން 1000 އަކަފޫޓްގެ ގޯއްޗެއް ގަނެފިއެވެ.

ސިވިލް ކޯޓުގެ ޙުކުގައިވާ ގޮތުން އެ ގޯއްޗަކީ މ. އަލްހަދީދު ނަމަކަށް ކިޔާ 1000 އަކަފޫޓުގެ ގޯއްޗެކެވެ. ޙުކުމުގައިވާ ގޮތުން ގޯތި ގަތް އަދަދަކީ 4 މިލިއަން ރުފިޔާއެވެ. މ. އަލްހަދީދު ގޯތި ފަލާޙް ގަނެފައި ވަނީ އެގޯތީގެ ވެރިފަރާތް ކަމަށްވާ އަޙްމަދު ރަޝީދު، މާލެ ދަފްތަރު 1458 އަތުންނެވެ.

ސިވިލް ކޯޓުގެ ޙުކުމުގައި ވަނީ އެ ގޯތި ގަތުމަށް ފަލާޙް ކުރެއްވީ ސައްޙަ ވިޔަފާރިއެއް ކަމަށާއި އެގޯތީގެ އަގަށްވާ ފައިސާ ފަލާޙް ދައްކަވައި ޚަލާސް ކުރައްވާފައިވާތީ މިހާރު މ. އަލްހަދީދު ގޯއްޗަކީ ފަލާޙުގެ މިލްކެއް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.