ޑޮކްޔާޑަކީ ރާއްޖޭގެ އިތުރު ސަރަޙައްދެއްގައި އިންޑިއާ ސިފައިން ބައިތިއްބަން ކުރާކަމެއް: ޢުމަރު

ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރުތިލަފަޅުގައި އިންޑިޔާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަދުތަށް ބަދަރު ކުރުމަށާއި މަރާމާތުކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް އަޅާ ތަނެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ތުހުމަތުކުރައްވައިފިއެވެ.

ޢުމަރު މިހެން މިވިދާޅުވީ އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރުމާ ބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު  މިއަދު ސޮއިކޮށްފައިވަނިކޮށެވެ.

ޢުމަރުގެ ފޭސްޕުކް ސްޓޭޓަސްގައި ލިޔުއްވާފައިވަނީ މިމި މަޝްރޫޢުގެ ގެ ސަބަބުން މި ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރު ތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ.

ޚާރިޖީ ގުޅުމުގެ ތެރެއިން އެހެން ޤައުމު ތަކާ ދިފާޢީ ގުޅުން ބަދަހި ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރޫނާރާނެގޮތަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވެފައިވަނީ  އިންޑިޔާ ކަޑުގެ "ގޭޓް ކީޕަރު" ނުވަތަ ދޮރުވާނުގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަކަށް ދިވެހިފރާއްޖެއިން ޢަމަލުކުރަން ޖެހޭކަމަށެވެ.

މިއީ ރާއްޖޭގައި އެކިނަންނަމުގައި އިންޑިއާ ސިފައިން ބައިތިއްބައި އެޤައުމުން ކުރާ މަސައްކަތުގެ ބައެއްކަމަށާ، މިއީ އެމީހުންގެ ސިފައިން ބައިތިއްބާ 4 ވަނަ ސަރަހައްދުކަމަށް ޢުމަރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އައްޑޫ، ލ.ކައްދޫ، ހދ.ހަނިމާދޫ ގައި އުޅަދުތަކާއެކު އިންޑިޔާގެ ސިފައިން ގާއިމްވެ އެބަތިބިކަމުގައި ޢުމަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން މި ދަނީ ގެއްލެމުންކަމަށް ޢުމަރު ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.