ބްރޯޑްކޮމްގެ މެމްބަރު ޒޭނާގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރެއް ކަމަށްވާ ފާތިމަތު ޒޭނާ އެކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.

ކޮމިޝަނުގެ މެމްބަރު ކަމުން ޒޭނާ ވަކިކުރަން އެމްޑީޕީން ހުށަހެޅީ މިނިވަން މުއައްސަސާއެއްގެ މެމްބަރު ކަމުގައި ހުންނަވައި ރައީސް އަބްދުﷲ ޔާމީންގެ އިވެންޓެއް ކަމަށްވާ އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރެއްވުމުގެ ރަސްމިއްޔާތު އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވުމުންނެވެ.

ގިނަބަޔެއްގެ ފާޑުކިޔުން ޒޭނާއަށް އަމާޒު ވެފައިވާއިރު ރައީސް ޔާމީން އިސްރައްވެހިންނާ ބައްދަލު ކުރެއްވި ރަސްމިއްޔާތުގައި އިންތިޒާމުގެ ކަންކަމުގައި ޒޭނާ ހަރަކާތްތެރިވާ ވީޑިޔޯއެއް މިހާރު ދަނީ ދައުރު ވަމުންނެވެ. މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ޒޭނާއަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަން ލިބުމުގެ ކުރިންވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ފަރާތަކަށް ވެފައި، އަދި ކޮމިޝަނުގެ މެމްބަރުކަން ލިބުނު ފަހުންވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތަކަށް ވުމުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ހުންނަންޖެހޭ މުސްތަގިއްލުކަން ގެއްލިފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެމްބަރެއްގެ ޙައިސިއްޔަތުގައި ހުންނަވައި ޒޭނާ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ ގިނަބަޔެއްގެ ފާޑުކިޔުން ޒޭނާއަށް ދަނީ އަމާޒު ވަމުންނެވެ. އޭގެތެރޭގައި ބަޔެއް މީޑިޔާ ތަކުންވެސް ޒޭނާއަށް ދަނީ ފާޑު ކިޔަމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.