ރޯދަމަޖާ: ގަލަން

އަނެއް ފަރާތް

ކޯރެއްގެ އެއް ފަރާތުގައި ހުރި މީހަކު ހަމަ އެ ކޯރުގެ އަނެއް ފަރާތުގައި ހުރި މީހަކަށް ބާރަށް ގޮވައިލައިފައި ބުންޏެވެ. "މިކޮޅަށް އައިސްބަލާށެވެ. އަހަރެން ކޯރުގެ އަނެއް ފަރާތަށް ދާން އެބަ ބޭނުން ވެއެވެ. އަހަންނަށް އެހީވެދީބަލާށެވެ."

އަނެއް ފަރާތުގައި ހުރި މީހާ ހަމަ އެހައި ބާރަށް ބުންޏެވެ. "ކަލޭ މިހާރުވެސް ތިޔަހުރީ ކޯރުގެ އަނެއް ފަރާތުގައެވެ."

މާމަ

އުމުރުން އެންމެ ހައެއްކަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އޭނާގެ ބައްޕަ ގާތު ބުންޏެވެ. "ބައްޕާ. އަޅުގަނޑު މީހަކާ އިންނާން ބޭނުން."

މި ވާހަކައަކީ ބައްޕައަށް ވަރަށް މަޖާ ވާހަކައަކަށް ވެއްޖެއެވެ. އެހެންވީމާ ވާހަކަ ކުރިއަށް ގެންދާން ވެގެން އަހައިލިއެވެ. "ދަރިފުޅު އިންނާން ބޭނުންވާ ވަކި މީހަކު އެބަހުރިތަ؟"

ދަރިފުޅު ބުންޏެވެ. "އަޅުގަނޑު އިންނާން ބޭނުމީ މާމަޔާ."

ބައްޕަ ކުޑަކޮށް ނުރުހުން ވެފައި ބުންޏެވެ. "ބަލަ އެއީ ބައްޕަގެ މަންމައެއްނު؟"

ދަރިފުޅު ހަމަޖެހިލާފައި ބުންޏެވެ. "އެއީ މައްސަލައެއް ނޫން. ބައްޕަވެސް ކާވެނި ކުރައްވައިގެން ތިޔަ އުޅުއްވަނީ އަޅުގަނޑުގެ މަންމަޔާ ނޫންތޯ؟"

ގަލަން

މީހަކު ރޭގަނޑު ދަންވަރު ޑަކްޓަރަކަށް ގުލާފައި ރޮއިގެންފައި ބުންޏެވެ. "އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑުގެ ގަލަން ދިރުވާލައިފި. އަވަހަށް ވަޑައިގަނޭ."

ޑޮކްޓަރ ދަބަސް ތައްޔާރު ކޮށްގެން ބޭރަށް ނުކުމެ ކާރަށް އަރާން އުޅެނިކޮށް ފޯނު ރަނގަބީލު ވާން ފަށައިފިއެވެ.

ފޯނު ކުރީ ކުރިން ފޯނު ކުރި މީހާއެވެ. "ޑޮކްޓަރ. ދެން ވަޑައިނުގަތަސް އެންމެ ރަނގަޅު. އަޅުގަނޑު އެހެން ގަލަމެއް ހޯދައިފިން."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.