ބޭނުންވާނެ ބަވަތްތައް:
4 ކުކުޅު ބިސް
150 ގުރާމު ހަކުރު
1 ޖޯޑު ފެން
200 ގުރާމް ފުށް
2 މޭޒުމަތީ ސަމުސާ ކޮކޯ
1 މޭޒުމަޓި ސަމުސާ ބޭކިން ޕައުޑަރު
300 މިލިލީޓަރު ކްރީމް
1 ޖޯޑު ކިރު
200 ގުރާމު ޗޮކްލެޓު
200 މިލިލީޓަރު ކިރު
ތައްޔާރުކުރާނެ ގޮތް:
ބިހުގެ ހުދުބައި ހަކުރާއި އެކު ގިރާށެވެ. ދެން ފެން އަޅާށެވެ. އެއަށްފަހު އޭގެ ތެރެއަަށް ފުށާއި ބޭކިންޕައުޑަރު އަދި ކޮކޯ އެއްކުރާށެވެ.
ޓްރޭއަކަށް ގިރާފައި ހުރި ފުށްގަނޑު އޮއްސާލުމަށްފަހު 180 ޑިގްރީގައި ހޫނުމިން ބަހައްޓައިގެން ބައިގަޑިއިރުވަންދެން ފިހާށެވެ.
ފިހެވުމުން ޓްރޭ އަވަނުން ނަގައި ދޮޅު އިންޗި ދުރުމިން ހުންނަވަރަށް ޓޫޓުޕިކެއް ހަރާށެވެ. ދެން ހިހޫކުރާށެވެ. ހިހޫވުމުން ވިޕް ކޮށްފައި ހުރި ކްރީމް (300 މިލިލީޓަރުގެ) އޭގެ މަތީގައި ފަތުރާށެވެ. އެއަށްފަހު 200 މިލިލީޓަރު ކިރު ހޫނުކޮށް އޭގެ ތެރެއަށް ޗޮކްލެޓު ވިރުވާށެވެ. ދެން ވިޕް ކްރީމުގެ ފަށަލައިގެ މަތިން ޗޮކްލެޓު ފަތުރާލާށެވެ.
Salhi mi week ga hadhanan insha Allah