އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން އައިޖީއެމްއެޗަށް ބަދަލުކުރެވުނު މީހާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ. އެޗްޕިއޭ އިން ދާދި ދެންމެއަކު ކުރު ޓުވީޓެއްގައި ބުނީ ކުރިން ކޯވިޑް ޖެހުނުކަމަށް ޓެސްޓުތަކުން ދެއްކި މީހާގެ ޓެސްޓު މިހާރު ނެގެޓިވް ކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
The patient transferred from Addu Equatorial Hospital to IGMH who was previously found to be POSITIVE is now confirmed as NEGATIVE to COVID-19.
— Health Protection Agency (@HPA_MV) May 9, 2020
އައްޑޫ ސިޓީ އިން ރޭ ދަންވަރު މާލެ ގެނައި އެ މީހާ ޕޮޒިޓިވް ކަން އެނގުނީ އައިޖީއެމްއެޗުގައި އެޑްމިޓުކުރާ މީހުން ކޯވިޑަށް ޓެސްޓުކުރާ އުސޫލުގެ ދަށުން އޭނާގެ ޓެސްޓު ހެދުމުންނެވެ. މި މީހާ ކޯވިޑަށް ޕޮޒިޓިވް ވިކަން ހޮނިހިރު ދުވަހުގެ ހެނދުނު އީކުއެޓޯރިއަލް އަށް އެންގުމުން އައްޑޫ ސިޓީ ވަނީ ސާދަ ދުވަހަށް ބަންދުކޮށްފައެވެ.
އައްޑޫ އިން މާލެ ގެނެވުނު އެ މީހާއަކީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. މި މީހާއަށް ކޯވިޑް ޖެހުނުކަން އެންގުމާއެކު އޭނާއާ ސީދާ ދިމާވި މީޙުންގެ ތެރެއިން 26 މީހަކު ތިބީ އެކަހެރި ކުރެވިފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެމީހާގެ އާއިލާގެ މީހުންނާއި އެޓެންޑެންޓުން ފަދަ މީހުން ހިމެނެއެވެ.