ރޯދަމަޖާ: ނުބައި މީހެއް

ޖަނަވާރު

ޖަނަވާރު ދެކެ ބިރު ގަންނަ މީހަކު ބައިސްކޯފަށް ހިނގައްޖެއެވެ. އޭނާ ދިޔަ ބައިސްކޯފުގޭގައި ދައްކަނީ މަޝްހޫރު އިނގިރޭސި ފިލްމު ޖުރަސިކްޕާރކް އެވެ. މި ފިލްމުގައި ދައްކަނީ ޑައިނަސޯރުތަކަކާއި އިންސާނުންނާ ދެމެދު ހިނގާ ކަންތައްތަކެކެވެ.

ފިލްމު ބަލަން އިނދެފައި ޑައިނަސޯރެއް ދުއްވައިގަންނަ މަންޒަރު ފެނުނީމާ އެއްކަލަ މީހާ ބިރުން ޖެހިގެން އިން މީހާގެ އަތުގައި ވަރަށް ބާރަށް ހިފައިފިއެވެ. އެ މީހާ ހީނގެންފައި ބުނެލިއެވެ. "ބިރު ގަންނާނެ ކަމެއް ނެތް- މިއީ ސިނަމާއެއްނު-؟"

އޭނާ ބިރުން ތުރުތުރު އަޅަމުން ބުނެލިއެވެ. "އަހަރެން މިއީ އިންސާނެއް- އެހެންވީމާ ސިނަމާއެއްކަން އެބަ އެނގޭ- އެ ސޮރަކީ ޖަނަވާރެއް- އެހެންވީމާ އެ ސޮރަކަށް އެކަމެއް ނޭނގޭނެއެއްނު-؟"

ނުބައި މީހެއް

އެއް ދުވަހަކު އިބްރާހީމް ރޭލަކުން ދަތުރެއް ކުރިއެވެ. ދަތުރުމަތީގައި މާ ބޮޑަށް ނިދި އަންނަ ގޮތް ވީމާ ޖެހިގެން އިން މީހާގެ އަތަށް ވިހި ރުފިޔާ ދީފައި ބުނެފިއެވެ. "އަހަންނަށް ނިދިއްޖެއްޔާ ފަނަރަ ވަރަކަށް މިނިޓް ކޮށްފައި ގޮވާލާތި-"

އިބްރާހީމް މި ވިހި ރުފިޔާ ދިން މީހަކީ ބޯކޮށާ މީހެކެވެ. އެހެންވީމާ އިބްރާހީމަށް ނިދުނީމާ އޭނާ ވެސް ފޫހި ވެގެން ކުރާނެ ކަމެއް ނެތުނީމާ ހެދި ގޮތަކީ އިބްރާހީމްގެ ތުނބުޅި އާއި މަތިމަސް ބޭލީއެވެ. ރޭލު އޭގެ މަންޒިލަށް މަޑު ކުރީމާ އިބްރާހީމް ފައިބައިގެން ގެއަށް ހިނގައްޖެއެވެ.

ގެއަށް ގޮސް ފާޚާނާއަށް ވަދެ ލޯގަނޑުން މޫނު ބަލާލާފައި ހަޅޭއް ލަވައިގެންފިއެވެ. އޭނާގެ އަންހެނުން އައިސް ކިހިނެއްވީތޯ އެހީމާ ބުންޏެވެ. "ރޭލުގައި އަހަންނާއެކު ދަތުރު ކުރި މީހަކު އަހަންނަށް އޮޅުވާލައިފި- ނިދަމުން، އަހަރެން އޭނާގެ އަތަށް ވިހި ރުފިޔާ ދީފައި ގޮވާލާށޭ ބުނީމާ، މި އޮތީ ނުބައި މީހަކަށް ގޮވައި ހޭލައްވާފައި-"

ނަޞީބެއް

އަޙްމަދު ހިނގާފައި ދަނިކޮށް ކޮތަރެއް އޭނާގެ ބޮލަށް ގުއި ރީފިއެވެ. މިތަން ބަލަން ވަރަށް ގިނަ މީހުން ތިއްބެވެ. އަޙްމަދު ލަދު ނުގަންނަ ކަމަށް ހަދާލާފައި ބުނެލިއެވެ.

"ގެރި ބަކަރި އުދުހި ނޫޅޭކަން ނަޞީބެއްނު-؟"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.