ލަވަކިޔުން
މަރިޔަމް: ކަލޭ ވަރަށް ރީތިކޮށް ލަވަ އެބަކިޔަމު- ހީވަނީ އަމްޖަދު ލަވަ ކިޔަނީހެން-
ވަޙީދާ: ކޮން އަމްޖަދެއް-؟
މަރިޔަމް: ކަލޭ ނުދަންނަންތަ-؟ އެއްކަލަ ފިލްމު ޑިރެކްޓަރު އަމްޖަދު-
ވަޙީދާ: ބަލަ- އަމްޖަދު އެއީ ލަވަ ކިޔާ މީހެއް ނޫނެއްނު-؟
މަރިޔަމް: އެހެންވީމައޭ އަހަރެން ބުނީ ހީވަނީ ހަމަ އަމްޖަދު ލަވަ ކިޔާ ހެންނޭ-!
ޖެއްސުން ކުރުން
ސްކޫލް ކުދި ބަޔަކު ކޮންމެ ދުވަހަކު ސައި ބޯން ދަނީ އެއް ހޮޓަލަކަށެވެ. އެ ހޮޓަލަށް ގޮސް އެ މީހުންނަށް ޢާއްމު ކޮށް ސައި ގެނެސްދޭ ވޭޓަރަށް ވަރަށް ޖެއްސުން ކުރެއެވެ. ސަމުސާ ބިން މައްޗަށް ވައްޓާލާފައި އެތައް ފަހަރަކު ނެންގުމާއި، ގަޔަށް ފެން ޖެހުން ކަހަލަ ކަންތައްތައް ކުރެއެވެ. ވޭޓަރު ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. ސަމުސާ ވައްޓާލާފައި ނަގާށޭ ބުނީމާ ނަގަނީއެވެ. ގަޔަށް ފެން ޖެހީމާވެސް ހީނލާފައި ދަނީއެވެ.
އެއް ދުވަހަކު މި ކުދިން ހޮޓަލަށް އައިސް ވޭޓަރާ ދިމާއަށް ބުންޏެވެ. "އަހަންމަދާ- އަހަރެމެންނަށް މަޢާފް ކުރޭ- މީގެ ފަހުން އަހަރެމެން ދުވަހަކުވެސް ކަލެއަކަށް ޖެއްސުމެއް، އުނދަގުލެއް ނުކުރާނަން- މީގެ ކުރިން އަހަރެމެން ކުރި ކަންތައްތަކުގެ މަތީން ހަނދާން ނައްތާލާ-"
ވޭޓަރު ހީނލާފައި ބުންޏެވެ. "އަޅާނުލާ- އަހަރެންގެ ހިތް މުޅިން ސާފު- އެއްވެސް ޝަކުވާއެއް ނެތް- މީގެ ފަހުން އަހަރެންވެސް ކަލޭމެންގެ ސަޔަކަށް ބޫޓު ޕޮލިޝް އަޅާފައެއް ނުދޭނަން-"
ޒަމާން
މުދައްރިސު: ދިވެހި ބަހުގައި ޒަމާން ބެހިފައި އޮންނަނީ ތިން ބަޔަކަށް- އެއް ބަޔަކީ ހިނގާކަން- ދެވަނަ ބަޔަކީ ވެދިޔަކަން- ތިން ވަނަ ބަޔަކީ ވާންހުރިކަން- ހިނގާ ކަމަކީ މިހާރު، މި ވަގުތު ހިނގަ ހިނގައި ހުންނަ ކަންކަން- މިސާލަކަށް މުދައްރިސު ވާހަކަ ދައްކަނީ- ވެދިޔަކަމަކީ މާޒީ- މީގެ ކުރީގެ ދުވަހެއްގައި ނުވަތަ ވަގުތެއްގައި ހިނގާފައިވާ ކަމެއް- މިސާލަކަށް ޢަލީ ހުޅުލެއަށް ދިޔަ- ވާންހުރި ކަމަކީ އަންނާން އޮތް ޒަމާނުގައި ކަމެއް ހިނގާނޭކަން ބަޔާން ކޮށްދިނުން- މިސާލަކަށް އަހަރެމެން އެންމެން މަރުވާނެ- ހުރިހައި ކުދިންނަށް ވިސްނިއްޖެތަ-؟
ދަރިވަރުން އާނއެކޭ ބުނީމާ މުދައްރިސު ސުވާލު ކޮށްލިއެވެ. "އެންމެ ރަނގަޅު- އަހަރެން ވަރަށް ރީތި- މި ޖުމްލަ ފެތެނީ ކޮން ޒަމާނަކަށް-؟"
ކުލާހުގެ ތަންކޮޅެއް ފަހަތުގައި ހުރި ކުއްޖަކު ވަރަށް ޖެހިލުން ވެފައި ހުރެގެން ޖަވާބު ދިނެވެ. "މުދައްރިސަށް ނިސްބަތް ކުރާ އިރު ތިޔަ ޖުމްލަ ފެތެނީ ވެދިޔަކަމަށް-!"