ބޭނުންވާނެ ބާވަތްތައް:
4 މޭޒުމަތީ ސަމުސާ ބަޓަރު (އަންސޯލްޓެޑް)
½ ޖޯޑު ޕާން ކުނޑި
4 ފެހި އާފަލު، ތޮށި މަށައި ސާފުކޮށް ½ އިންޗި ކިއުބުކޮށް ކޮށާފައި
1/3 ޖޯޑު ހަކުރު
½ ސައިސަމުސާ ފޮނިތޮށި ޕައުޑަރު
2 ޖޯޑު ބަތް
¼ ޖޯޑު ހިކި މޭބިސްކަދުރު
3 މޭޒުމަތީ ސަމުސާ ކިރު
ތައްޔާރުކުރާނެ ގޮތް:
180 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި 9 އިންޗި 13 އިންޗީގެ ޓްރޭއެއްގައި ބަޓަރު އުނގުޅާށެވެ.
އުނދުން މައްޗަށް ތެއްޔެއް އުދައި ހޭނުމިން މެދުމިނުގައި ބަހައްޓައިގެން ބަޓަރު ވިރުވާށެވެ. ބަޓަރު ރަނގަޅަށް ވިރި ކުލަ އަރަންފެށުމުން ބައި ޖޯޑު ޕާން ކުނޑި އަޅައިގެން ރޯސްޓު ކުރާށެވެ. ރަނގަަަޅަށް ރޯސްޓުވުމުން އުދުން މަތިން ބާލާށެވެ.
ބޯތަށްޓެއްގައި އާފަލާއި ހަކުރު އަދި ބައި ސައިސަމުސާ ފޮނިތޮށި އެއްކުރާށެވެ. ދެން ބަތް އެއްކުރުމަށްފަހު މޭބިސްކަދުރު ވެސް އަޅާށެވެ. ޕުޑިންގެ މައްޗަށް ބުރުވައިލަން މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ޕާން ކުނޑި ބެހެއްޓުމަށްފަހު ބަކީ ހުރި ޕާން ކުނޑި ވެސް އާފަލުގެ ތެރެއަށް އެއްކޮށްލާށެވެ. ދެން ކިރު ފޮދު އަޅައިގެން ހުރިހާ ބާވަތްތައް އެކުވަންދެން ހަލުވާށެވެ.
ކުރިން ތައްޔާރުކުރި ޓްރޭއަށް އާފަލު މިކްސަޗަރު އެޅުމަށްފަހު ޕާންކުނޑިކޮޅޫ އޭގެ މައްޗަށް ބުރުވާލާށެވެ. އަދި ފޮއިލުން ރަނގަޅަށް މަތި ބަންދުކުރުމަށްފަހު ބައިގަޑިއެއް ހައި ިއރު އަވަނުގައި ފިހޭށެވެ. ނުވަތަ އާފަލު ރަނގަޅަށް މަޑުވަންދެން ފިހޭށެވެ.