ކަރަންޓް ކެނޑި ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން މަޖިލީހުގެ މިއަދު ޖަލްސާ މާދަމައަށް ފަސްކޮށްފި

ކަރަންޓް ކެނޑި ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން މަޖިލިސްގެ މިއަދު ޖަލްސާ މާދަމަށް ފަސްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ ކަރަންޓް ކެނޑި ދިމާވި ޓެކްނިކަލް މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މާދަމާއަށް ޖަލްސާ ފަސްކުރީ އެމަސައްކަތް ކުރަމުން ގެންދަވާތީ ކަމަށެވެ. ކުރިން މަސައްކަތް ކުރެއްވީ މައްސަލަ ޙައްލު ކޮށް ޖަލްސާ މިއަދު ބޭއްވޭތޯއެވެ.

މިއަދު ޖަލްސާއަށް އޮތީ މުހިންމު ބިލްތަކެއްގެ ބަހުސް އެޖެންޑާ ކުރައްވައިފައެވެ. އެގެތެރޭގައި ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލުމަށް ހުށަހެޅި ބިލްގެ ބަހުސް ހިމެނެއެވެ. އަދި ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލުގެ ބަހުސް ވެސް އޮތީ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. އެ ބިލަކީ ކައުންސިލް އިންތިޚާބު ބާއްވަ ދުވަސް ފަސްކުރުމަށް ހުށަހެޅި ބިލެކެވެ. މި ބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުޞައިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.