ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ޖުޑިޝަރީ ކޮމެޓީން އިސްތިއުފާ ދެއްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑިޝަރީ ކޮމެޓީން ދުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުޞައިން އިސްތިއުފާ ދެއްވައިފި އެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ނާއިބް ރައީސް އިވާ ޢަބްދުﷲ ވަނީ އިޢުލާން ކުރައްވައިފައެވެ. ޙިސާން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރ ޙިޞާން ޙުޞައިންނަކީ ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވައިފައިވާ މެމްބަރެވެ. އަދި އެކޮމިޝަންގެ ރައީސަކީ ވެސް ޙިސާން ޙުޞައިންނެވެ.

ޙިސާން އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި މިހާރު ހިމެނި ވަޑައިގަންނަވަނީ  ކޮމެޓީ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ އާއި ނާއިބް މުޤައްރިރުގެ ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖާއި  ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އިބްރާހިމް މުޢިއްޒާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަޠީފާއި  ކަނޑިތީމު ދާއިރާގެ މެމްބަރ ޢަބްދުﷲ ޝަހީމާއި  ޢަބްދުލްޙަކީމާއި ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ޙުސައިނާއި ގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހީމް ރިޟާއާއި މަތިވެރި ދާއިރާގެ މެމްބަރ ޙަސަން ޒަރީރާއި ވިލިނގިލި ދާއިރާގެ މެމްބަރ ސަޢުދު ޙުސައިންއާއި ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.