އެންމެ ދެކުނުގެ ދެ ސިޓީއަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ ކަމަށްވާ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ޔެލޯ އެލާޓު ނެރެފިއެވެ. މޫސުމާ ބެހޭ އޮފީހުން އެ ދެ ސިޓީއަށް ޔެލޭއެލާޓް ނެރެފައިވަނީ މިއަދު 1:30 4:00 އަށެވެ. ޔެލޯ އެލާޓު ނެރުނީ ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރައްވާތީ ކަމަށް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އާންމު މޫސުމް މިއަދު ހެނދުނު 10:00 އިން މާދަމާގެ 10:00 އާ ހަމައަށް ލަފާކުރާއިރު،  އެންމެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.  އެހެންހިސާބުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 އިރުއުތުރާއި އިރުން،  މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެންހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މޫސުނާ ބެހޭ އޮފީހުން ލަފާ ކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.