ރާއްޖެއަންނަން ތިބި ފަތުރުވެރިންގެ ތެރެއިން މިހާތަނަށް އެގާރަހާސް އެއްސަތޭކަ ފަނަރަ ބުކިން ކެންސަލް ކޮށްފައި ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެ ބުކިންތައް ކެންސަލް ކޮށްފައިވަނީ ޖެނުއަރީ 26 އިން ފެބުރުއަރީ 2 އާ އެ ދެމެދު ކަމަށެވެ.
އެއަދަދަށް ބުކިންތައް ކެންސަލް ކުރިޔަސް އަހަމަ އެމުއްދަތުގައިވަނީ ސައުވީސް ހާސް ހަތްސަތޭކަ ފަންސާސް ނުވަ ބުކިން ރާއްޖެއައުމަށް ހަދާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "ސައްބީސް ޖެނުއަރީން ފެށިގެން އެގާރަހާސް އެއްސަތޭކަ ފަނަރަ ކެންސަލޭޝަން އެބައޮތް ސައްބީސް ޖެނުއަރީން 2 ފެބުރުއަރީއަށް. އެ މުއްދަތުގައި ޖުމްލަ އައު ސައުވީސް ހާސް ހަތްސަތޭކަ ފަންސާސް ނުވަ ބުކިންވެސް ދިވެހި ރާއްޖެއަށް އެބައޮތް،" މިނިސްޓަރ ވިދާޅުވިއެވެ.
މިކެންސަލޭޝަންތައް އައިސްފައިވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުންނެވެ. މިނިސްޓަރ ވިދާޅުވީ މި ވައިރަސް ފެތުރުނަސް ރާއްޖެއިން ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އެއްވެސް ވަރަކަށް އަދި ބިރުގަންނަ ހިސާބަށް ނުދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެބަލި ޖެހިފައި ރަނގަޅުވެފައި ތިބި މީހުން ވެސް ދުނިޔޭގައި އެބައުޅޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ރާއްޖެއިން މިބަލީގެ އެއްވެސް މީހަކު ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް ބަލި ފެނިއްޖެ ހަލާތުގައި ކަރަންޓީނު ކުރުމަށްޓަކައި އާރަށް ވެސް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.
Han'dhaanah annanee mi meehun idhikolhuga thibegen fathuruverin naumah govi govelifathi.evarah fai vidhdhaafa thibi iruves vaki madhevves nuvi dhoa