އެއްވަނައިގައި އޮވެ ފޭދޫ ސްޕޯޓްސްއިން ގުރޫޕް ސްޓޭޖު ނިންމާލައިފި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ބާއްވަމުންދާ "އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕް" ގުރޫޕު ސްޓޭޖުގެ ފަހުމެޗު ވެސް ކާމިޔާބުކޮށް ފޭދޫ ސްޕޯޓްސްއިން ބީ ގްރޫޕުގެ އެއްވަނަ ހޯދައިފިއެވެ.

އެޓީމަށް ބީ ގޫރޫޕުގެ އެއްވަނަ ލިބިފައިވަނީ ކުޅުނު 4 މެޗުން ވެސް މޮޅު 12 ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕް ސްޓޭޖުގެ ފަހުމެޗަށް ނުކުތްއިރުވެސް ފޭދޫ ސްޕޯޓްސް ވަނީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

މިއަދުގެ މެޗުގައި އެޓީމާ ދެކޮޅަށް ނުކުތީ އެފްސީ ރިވެރިން އެވެ. މިމެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ވެސް ފޭދޫ ސްޕޯޓްސްއިންނެވެ. އެލަނޑު 36 ވަނަ މިނިޓުގައި ޖަހައިދިނީ އަލީ ރިލުއާމެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ފޭދޫ ކުރީގައި އޮވެގެންނެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައިވަނީ 75 ވަނަ މިނިޓުގައެވެ. އެލަނޑު ޖެހީ ހަސަ ހާޒިގެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ ޢަލީ ނާފިއުއެވެ. މުބާރާތުގެ ކުޅުމެއް މާދަމާއާއި އަނެއް ދުވަހު ނޯންނާނެއެވެ. ދެން ކުޅުން އޮންނާނީ މިމަހު 9 ވަނަ ދުވަހުއެވެ. އެދުވަހު ކުޅޭނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗެވެ. ބައްދަލުކުރާނީ ބޭރުމަތި އެފްސީއާއި ރިވެރިންއެވެ. ސެމީގެ ދެވަނަ މެޗު އޮންނާނީ 10 ވަނަ ދުވަހުއެވެ. އެމެޗުގައި ބައްދަލު ކުރާނީ ފޭދޫ ސްޕޯޓްސް އާއި ގޯދިއްޔާއެވެ. ފައިނަލް މެޗު ކުޅޭނީ 13 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.