ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވަޒީފާއިން ވަކިކޮށްފާނެތީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޝައިޚް އިލްޔާސް ކުރައްވައިފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވައިވަނީ ޝަރުޢީ ދާއިރާއިން މަތީތަޢުލީމް ޙާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ފަޚުރެއް ކަމަށެވެ.
އެފަދަ ބޭފުޅަކު އެމަޤާމުގައި ހުންނަވަނިކޮށް މަޤާމުން ވަކިކޮށް ޝަރުޢީ ޢިލްމު ލިބިފައިނުވާ މީހުން އެމަގާމަށް ގެނައުމަކީ ކޮންކަހަލަ ކަމެއްތޯ، ވިދާޅުވެ އޭނާ ވަނީ ސުވާލު ކުރައްވައިފިއެވެ.
ޝައިޚް އިލްޔާސް މިގޮތަށް ޓުވީޓު ކުރެއްވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސުލޫކީ މައްސަލަތަކެއް ތުހުމަތު ކުރެވި އެކަންކަން ބެލުމަށް ޖޭއެސްސީން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ. ޖޭއެސްސީން އެމައްސަލަތައް ބަލަން މަސައްކަތް ކުރިކަމަށް ވިޔަސް އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެކަމަށް އަދި އެއްބާރުލުން ލިބިފައެއް ނުވެއެވެ. ޖޭއެސްސީން އެންމެފަހުން އެމަނިކުފާނަށް ފޮނުވި ނޯޓިހާ ވެސް އެމަނިކުފާނުވަނީ ޙަވާލުނުވެފައެވެ.
"ކަމުގެ ޢިލްމު ލިބިފައިވާ ޤާބިލް، (ޤުރުއާން ހިތުދަސް) ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު މިޤައުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް. އެފަދަ ބޭފުޅަކު މަގާމުން ވަކިކޮށް ޝަރުޢީ ޢިލްމު ލިބިފައިނުވާ ބަޔަކު އެމަޤާމަށް ގެނައުމަކީ ކޮންކަހަލަ އިންސާފެއްތޯ؟ ރައްޔިތުން މިކަމަށް ވިސްނަވާ،" ޝައިޚް އިލްޔާސް ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
Rayyithun mikamah visnavaashey??
Ilyaas? mihaaruthoa? Aharemen eyruves visneemey.ilyas noonee ehen meehaku bunegeneh nooney visnanee.Allah komme meehakah budhdhi dhevvafavanee kamaku.ehenve eyru Ilyas evarah govaalamun dhiya iruves egoveleege adu neyhee.visneethee.
Dhen faharakunves ehen meehunge sikun'di kaalan noolhuvvaa furathama visnavaa.kuda nubayaa bodu nubain khiyaaru kuran jehijje haalathehga kuda nubai nangavaa