ނީލަކޯރުގައި އިތިއޯޕިޔާއިން ބިނާކުރަމުންދާ ރިނައިސަންސް ޑޭމްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިސްރުން ދެކޮޅު ހަދަމުން ދާތީ އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
"ބާރުގެ ބޭނުންކުރާނެ ވާހަކަ ބައެއް ފަރާތްތަކުން (މިސްރުން) އެބަދައްކާ. އަހަރުމެން ކަށަވަރުކޮށްދޭން ބޭނުންވަނީ އަހަރުމެން 'ގްރޭންޑް އިތިއޯޕިއަން ރިނައިނެންސް ޑޭމް' ބިނާކުރުން ހުއްޓުވޭނޭ އެއްވެސް ބާރެއް ނެތްކަން." ބޮޑުވަޒީރު ވިދާޅުވިއެވެ.
"ހަނގުރާމައެއް ކުރަން ޖެހިއްޖެއްޔާ އަހަރުމެންނަށް މިލިއަނުން މީހުން ނެރެވިދާނެ. އެއް ބަޔަކު މިސައިލް އުދުއްސައިފިއްޔާ، އަނެއް ބަޔަކަށް ބޮން ބޭނުންކުރެވިދާނެ. މިއީ އަހަރުމެންގެ ތެރެއިން އެއްވެސް ބައެއްގެ މަސްލަހަތު އޮތް ގޮތެއް ނޫން." އިތިއޯޕިޔާގެ ގާނޫނުހަދާ މަޖިލީހުގައި ދެންނެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ދާދި ފަހުން ސުލްހައިގެ ނޯބަލް އިނާމު ހާސިލުކުރުރެއްވި އަބީ އަޙްމަދު ވިދާޅުވިއެވެ.
ބޮޑުވަޒީރު އަބީ އަޙްމަދުގެ އިންޒާރު އައިސްފައި މިވަނީ މިސްރު ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން ރިނައިސަންސް ޑޭމްގެ މައްސަލައިގައި އިތިއޯޕިޔާއާ ހަނގުރާމަކުރުމަށް ގޮވާލާފައި ވަނިކޮށެވެ.
ކުރުކޮށް ރިނައިސެންސް ޑޭމްގެ ނަމުން ނަންދެވިފައިވާ ބިޔަ ޑޭމަކީ ބްލޫ ނައިލް (ނޫ ނީލަކޯރު) ގެ ހުރަހަށް ސޫދާނުގެ ސަރަހައްދީގެ ރޮނގެ އިރުން 15 ކިލޯމީޓަރު ދުރުގައި އިތިއޯޕިޔާއިން 2011 ވަނަ އަހަރުން ފެށިގެން ބިނާކުރަމުންދާ ޑޭމެކެވެ. މި ޑޭމް ވާނީ އެފްރިކާގެ އެންމެ ބޮޑު ޑޭމަށެވެ. އަދި ދުނިޔޭގައި ހަތްވަނައަށް އެންމެ ބޮޑު ޑޭމަށެވެ. 5 ބިލިއަން ޑޮލަރު ޚަރަދުވާ މި ޑޭމުގެ މަސައްކަތުގެ %70 މިހާރު ވަނީ ނިމިފައެވެ. މިސްރާއި ސޫދާނުން މައްސަލަ ޖައްސަނީ މި ޑޭމު ނިމި ބޭނުންކުރަން ފެށުމުން އެ ދެ ގައުމަށް ނީލަކޯރުން ލިބޭ ފެން މަދުވާނެތީއެވެ. މިސްރުގައި ބުއިމަށާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ފެނުގެ %90 ލިބެނީ ނީލަކޯރުންނެވެ.
މި މައްސަލަ ހައްލުކުރަން ދާދި ފަހުން ތިން ގައުމުން ބޭއްވި ބައްދަލުވުން ވަނީ އެއްބަސްވުމަކަށް ނާދެވި ނިންމާލަން ޖެހިފައެވެ.
ރަޝިޔާގެ ސޯޗީގައި މިއަދު ފެށޭ ރަޝިޔާ-އެފްރިކާ އެންމެ އިސްވެރިންގެ ބައްދަލުވުމަށް މިސްރުގެ ރައީސު ޢަބްދުލްފައްތާޙު އައްސީސީއާއި އިތިއޯޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދު ވަޑައިގަންނަވާނެއެވެ. އެ ބައްދަލުވުމުގެ ހަވާސާގައި ދެ ބޭފުޅުން ބައްދަލުކުރައްވައި ޑޭމުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ދުނިޔޭގެ އެންމެ ދިގު ކޯރު ކަމުގައި ބެލެވޭ ނީލަކޯރު އެފްރިކާގެ 11 ގައުމެއް ހުރަސްކޮށް 6650 ކިލޯމީޓަރަށް ދެމިގެން ގޮސްފައި ވެއެވެ. އިތިއޯޕިޔާއާއި ސޫދާނާއި، މިސްރުގައި މައިގަނޑު ގޮތުއްގައި ބޭނުންކުރަނީ މި ކޯރުގެ ފެނަކީ