މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ.
މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށެވެ. މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވާފައި މި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީއެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި އަދި އެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
(ޚަބަރު: ރައީސް އޮފީސް)