މަޑުއްވަރީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ރ. މަޑުއްވަރީގައި ސަރުކާރުން ގާއިމް ކުރައްވާ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފެނަކައިން ވިދާޅުވީ އެމަސައްކަތް ޢަމަލީ ގޮތުން ފަށައިފައިވަނީ ޖޫން 15 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

އެމަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފެނަކައިން ގެންދަނީ ރަށްރަށުގައި ފެނާއި، ނަރުދަމާއި، ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެވެސް ރަނގަޅަށް ދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. ވަރަށް އަވަހަށް އިތުރު ރަށްރަށުގައި މިފަދަ މަސައްކަތްތައް ފަށައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.