ބޭނުންވާާނެ ބާވަތްތައް:
1 ޖޯޑާއި 3 މޭޒުމަތީ ސަމުސާ ހަކުރު
1 ޖޯޑު ފުށް
1 ސައިސަމުސާ ބޭކިން ޕައުޑަރ
½ ސައިސަމުސާ ބޭކިން ސޮޑާ
¼ ލޮނު
2/3 ބަޓަރ މިލްކ
1 ސައިސަމުސާ ވެނީލާ އެސެންސް
1 ސައިސަމުސާ އޮރެންޖު ތޮށި، ގާނާފައި
ބަޓަރު ގަނޑެއް، އަދި 2 މޭޒުމަތީ ސަމުސާ ބަޓަރު، ވިރުވާފައި
1 ބިސް
1 ސައިސަމުސާ ފޮނިތޮށި ޕައުޑަރު
ތައްޔާރުކުރާނެ ގޮތް:
180 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރަން ޖައްސާށެވެ. އަދި މަފިން ޓްރޭއެއް ތައްޔާރުކުރާާށެވެ.
ތިން ސަމުސާ ހަކުރާއި ފުށާއި ބޭކިން ޕައުޑަރާއި ބޭކިން ސޮޑާ އަދި ލޮނުކޮޅު އެއްކުރާށެވެ. އެހެން ތަށްޓަކަށް ބަޓަރމިލްކާއި ވެނީލާ އަދި އޮރެންޖު ތޮށްޓާއި ވިރުވާފައި ހުރި ބަޓަރާއި ބިސް އަޅައިގެން ގިރާށެވެ. ދެން ފުށާއި އެއްކުރާށެވެ. ފުށްގަނޑު ތައްޔާރުކުރެވުމުން މަފިން ޓްރޭއަށް އެޅުމަށްފަހު އަވަނަށް ލާށެެވެ. 10 މިނެޓު ނުވަތަ 12 މިނެޓު ތެރޭގައި ފިހެވޭނެއެވެ.
ފިހެވުމުން އަވަނުން ނަގައި ހިހޫ ކުރުމަށް އިރުކޮޅަކު ބެހެއްޓުމަށްްފަހު ޓްރޭއިން ނަގާށެވެ.
ދެން ހަކުރު ޖޯޑާއި ފޮނިތޮށި އެއްކުރާށެވެ. އަދި ފިހިގަނޑަކުން ކޭކުގައި ވިރުވާފައި ހުރި ބަޓަރު ހޭކުމަށްފަހު ބޭރުގައި ހަކުރު އުނގުޅާށެވެ.