އާފަތިސް ބަދިގެ: ސިނަމަން، ރެއިސިން އޯޓްމީލް

ބޭނުންވާނެ ބާވަތްތައް:

½ ޖޯޑު އޯޓްސް

1 ވައް ދޮންކެޔޮ، ފޮތިކޮށްފައި

1 މޭޒުމަތީ ސަމުސާ ރެއިސިން (ހިކި މޭބިސްކަދުރު)

½ މޭޒުމަތީ ސަމުސާ ފްލެކްސީޑް (އިޚްތިޔާރީ)

1 ސައިސަމުސާ ފޮނިތޮށި

ރަހަލާވަރަށް ލޮނު

1 ޖޯޑު ކިރު

1 މޭޒުމަތީ ސަމުސާ ކޮކޮނަޓް ބަޓަރ

1 ސައިސަމުސާ މެޕްލް ސިރަޕް

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް އޯޓްސް އާއި ދޮންކެޔޮ، އަދި މޭބިސްކަދުރާއި ފްލެކްސީޑް އާއި ލޮނު އަދި ފޮނިތޮށި އަޅައި އޭގެ ތެރެއަށް ކިރު އެޅުމަށްފަހު ހުރިހާ ބާވަތްތައް އެއްކުރާށެވެ. ދެން ހޫނު މިން މެދުމިނުގައި ބަހައްޓައިގެން އަށެއް ނުވަތަ ދިހަ މިނިޓް ވަންދެން ކައްކާށެވެ. ކައްކަމުން ދާއިރު ދޮންކެޔޮ އޯޓްސްގެ ތެރެއަށް ވިރިގެން ދާވަރަށް ކައްކަންވާނެއެވެ.

އޯޓްސް ގެ ތެރެއަށް ފެން ދަމަައިގަނެ ރަނގަޅަށް ބޯކުރެވުމުން އޯޓްމީލް ތައްޔާރުކުރެވުނީ އެވެ.

ދެން ބޯތަށްޓަކަށް ހުސްކުރުމަށްފަހު އޯޓްމީލްގެ މައްޗަށް ކާށި ބަޓަރާއި، މެޕްލް ސިރަޕް އެޅުމަށްފަހު މަތީގައި ދޮންކެޔޮ ފޮތިތައް އަތުރާލާށެވެ. ދެން އޭގެ މައްޗަށް ފޮނިތޮށި ބުރުވައިލާށެވެ.

މި ރެސިޕީ ތައްޔާރުކުރަން ހޭދަވާނީ ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނިޓެވެ. މިއީ ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްލަން ރަނގަޅު އަދި ހަށިގަނޑަށް ބޭނުންވާ ކާނާގެ ގިނަ ބާވަތްތަކެއް ލިއްބައިދޭނެ ކެއުމެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.