އަންހެނުންނަށް 2018 ގައި އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާ

އަންހެނުންނަށް 2018 ގައި އެންމެ ނުރައްކާތެރި ގައުމަކީ އިންޑިއާކަމުގައި ތޮމްސަން ރޮއިޓާރސް ފައުންޑޭޝަނުން ބުނެފިއެވެ.

ތޮމްސަން ފައުންޑޭޝަނުން ހެދި ދިރާސާއަކަށްފަހު އެ ފައުންޑޭޝަނުން ހާމަކުރި ގޮތުގައި އަންހެނުންނަށް 2018 ގައި ދެވަނައަށް އެންމެ ނުރައްކާތެރި ގައުމަކީ އަފްޣާނިސްތާނެވެ.

އަންހެނުންނަށް 2018 ގައި އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި ސީރިޔާ އޮތް އިރު ހަތަރުވަނައިގައި އޮތީ ސޯމާލިއާ އެވެ. އަދި ފަސްވަނައިގައި އޮތީ ސަޢޫދީ ޢަރަބިޔާއެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ އަންހެނުންނަށް ތަފާތު އަނިޔާތައް ކުރާ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެކެވެ. އަންހެނުންނަށް އެންމެ ބޮޑެތި އަދި އެންމެ ގިނައިން ޖިންސީ ގޯނާކުރާ ގައުމެއްގެ ގޮތުގައި ފަހަކަށް އައިސް މުޅި ދުނިޔެއަށް އިންޑިއާ ވަނީ މަޝްހޫރުވެގެން ގޮސްފައެވެ.   

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.