އެކްސަސައިޒް "ޖައްރާފާ 2018" ފަށައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ އެކްސަސައިޒް "ޖައްރާފާ 2018" މިއަދު ފަށައިފިއެވެ. މި އެކްސައިޒު ފަށައިފައިވަނީ މިއަދު ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަކުންނެވެ.

މި އެކްސަސައިޒް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައިވަނީ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރޭނިންގ ގެ ޕްރިންސިޕަލް ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީ ގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސީނިއަރ އޮފިސަރުންނާއި ފަޔަރ ފައިޓަރުންވަނީ ބައިވެރިވެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި އެކްސަސައިޒް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން 2018 ޑިސެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.