އަވަސް އަރުވައިގެން ކާވެނި ކުރަން ނޫޅޭ ކަމަށް ނިކް ޖޮނަސް ބުނެފި

ޕްރިޔަންކާ އާއި އަވަސް އަރުވައިގެން ކާވެނިކުރަން ނޫޅޭ ކަމަށް އޭނާގެ ލޯބިވެރިޔާ ނިކް ޖޮނަސް ބުނެފިއެވެ. ނިކް ޖޮނަސް ވަނީ ދާދި ފަހުން 6.6 މިލިއަން ޑޮލަރަށް ބެވަރލީ ހިލްްސް އިން މެންޝަން އެއް ގަނެފައެވެ. ޕްރިޔަންކާ އާއެކު ދިރިއުޅެން ގެއެއް ގަތުމުން ކާވެނީގެ ތާރީޚާ ބެހެ ގޮތުން ނިކް އާ މީޑިއާއިން ކުރި ސުވަލަާށް ޖަވާބު ދެމުން ނިކް ބުނެފަައިވަނީ ކާވެނީގެ ކުރީން ދުވަސްކޮޅަކު މަޖާކޮށް އުޅެލަން ބޭނުންވާ ކަމަށެެވެ.

ނިކް ގެ ގާތް އެކުވެރިޔަކާ ހަވާލާދީ ނިކް އާއި ޕްިރޔަންކާ މިއަންނަ އަހަރު ކާވެނި ކުރުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް 'އެންޓަރޓެއިންމަންޓް ޓުނަިއޓް' އިން ރިޕޯޓު ކުރެއެވެ. ނަމަވެސް ޕްރިޔަންކަ ކާވެނީގެ ތައްޔާރީތައް ކުރަމުން އަންނަޓ ދުވަސްކޮޅެއް ވެއްޖެ ކަމަަށާއި ވަރަށް އަވަހަށް ކާވެނި ކުރަން އޭނާ ނިންމާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ޕްރިޔަންކާގެ ގާތް އެކުވެރިޔާ ޕްރިންސް ހެރީގެ އަނބިކަނބަލުން ބަލިވެ އިންކަން އިއުލާން ކުރުމުން ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ގިނައެކުވެރިންތަކެއް ބަލިވެ އިން ކަމަށާއި އެމީހުންނާ އަރާހަމަކުރަން ބޭނުންވާ ކަމަށެވެ.

ޕްރިޔަންކާ މިޙާރު ދަނީ ހިންދީ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުނެނެވެ.    

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.