ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދް މަހްލޫފް ބަންދުން ދޫކޮށްލައިފިއެވެ. މަހްލޫފް ބަންދުން ދޫކޮށްލާފައިވަނީ ބަންދާ މެދު ގޮތެއް ބޭއްވުމަށް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މަހްލޫފް އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.
ބަންދުން ދޫކުރިނަމަވެސް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް އަހްމަދް މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.