ޑރ.ޝަހީމް މާފަންނު ބައެއް ގެތަކަށް ކެމްޕޭން ޒިޔާރަތެއް ކުރައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މާފަންނުގެ ބައެއްގޭގެއަށް ވަޑައިގެން އެގެތަކުގެ މީހުންގެ ހާލުއަހުވާލު ބައްލަވައިފިއެވެ.

މިއީ ކުރިއަށް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ހޯދުމަށް ޕީޕީއެމުން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތުގެ ދަށުން ޝަހީމް ކުރެއްވި ޒިޔާރަތެކެވެ.

މިޒިޔާރަތުގައި ޑރ. ޝަހީމް ވަނީ އެގެ ތަކުގެ މީހުންގެ ޝަކުވާތަކާއި މުހުތާދުތައް އޮޅުން ފިލުވައިފައެވެ. އެ ކަންކަން އޮޅުން ފިލުވުމަށްފަހު ޝަހީމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކޮށްފި ކަމަށްވާނަމަ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލައަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ޑރ. ޝަހީމްގެ މި ޒިޔާރަތުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޕީޕީއެމަށާއި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބައެއް މީހުންވެސް ބައިވެރިވިއެވެ.

ރައީސް ޔާމީނަށް ތާއީދު އިތުރު ކުރެއްވުމަށް ޑރ. ޝަހީމް ގެންދަވަނީ ޑޯ ޓު ޑޯ ކެމްޕޭން ވެސް ކުރައްވަމުންނެވެ. އޭގެ އިތުރަށް ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވައެވެ. އެމަނިކުފާނު އެންމެފަހުން ވަޑައިގެންނެވީ ދ. އަތޮޅަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.