ލަވަކިޔުންތެރިޔާ އެޑް ޝީރަންވަނީ ޖެނުއަރީ މަހު އޭނާގެ ޒަމާންވީ ލޯބިވެރިޔާ އާއި އެންގޭޖްވީ ވާހަކަ އިއުލާން ކޮށްފައެވެ. ނަަމަވެސް އޭނާގެ ވެޑިން ޕްލޭންގެ ވާހަކަތައް އަޑެއް ނީވެއެވެ.
ޝީރަންގެ ކާވެނީގެ ތަފްސީލާ ގުޅޭގޮތުން އެކްސެސް ރިޕޯޓަަރަކު ދާދިފަހުން އޭނާ އާ ވަނީ ސުވާޅުކޮށްފައެވެ. ކާވެނިގެ ތާރީޚާއި ކާވެނި އޮންނާނެ ތަނަކަ ގުޅޭގޮތުން ކުރި ސުވާލަށް ޝީރަން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އޭނާ އިޝާރާތް ކުރީ އޭނާގެ އިނގިލީގައި އޮތް ކާވެނީގެ އަނގޮޓިއަށެވެ. ކޮސްމޯޕޮލިޓާން ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އަނގޮޓިއަކީ އެންގޭޖްމެންތް ދުވަހު ޝީރަންގެ ލޯބިވެރިޔާ ޝެރީލް އެޅުވި ވެޑީން ބޭންޑެކެވެ.
ޝިރަން އަނގޮޓިއަށް އިޝާރާތް ކުރުމުން އެކްސެސްގެ ރިޕޯޓަރުވަނީ ޝީރަން ކާވެނި ކުރިކަމަށް ނިންމައި އޭނާއަށް އަށް ތަހުނިޔާ ކިޔާފައެވެ. އަދި އެކަން ސިއްރުކުރީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބުދެމުން ޝީރަންބުނީ އޭނާ އަކީ އެއްވެސް ކަމެއް ޕަބްލިކް ކޮށް ނުކުރާ ކަމަށް ބުނެފައެވެ. ޝީރަންގެ ޖަވާބަކީ އޭނާ ކާވެނި ކުރިކަން ޔަގީންކޮށްދިނީ އެއް ނޫން ކަމަށްވެސް ކޮސްމޯޕޮލިޓާންގައި ލިޔެފައިވެއެވެ.
އުމުރުން 27 އަހަރުގެ ޝީރަން އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ގިޓަރިސްޓެކެވެ. އަދި ލަވަ ލިޔާ މީހެއްވެސް މެއެވެ.