ދުމުގެ އަސަރުކުރާތީ ބެލެނިވެރިން ނުކުމެ ހުވަދޫ ސްކޫލް ބަންދުކޮށްފި

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ސަރުކާރުން ހިންގާ ހުވަދޫ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެރަށު އިންޖީނުގެއިން ބޭރުވާ ދުވުމުގެ އަސަރުކޮށް ކިޔަވަން ދަތިވާ ކަމަށް ބުނެ ބެލެނިވެރިންގެ ތެރެއިން ބަޔަކު ނުކުމެ ސްކޫލު ބަންދުކޮށްފިއެވެ.

ބެލެނިވެރީން ބުނީ އިންޖީނުގެއިން ބޭރުވާ ދުމުގެ އަސަރު ކުދިންނަށް ކުރަމުންދާތީ އެކަމުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާތާ މިހާރު 9 އަހަރު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެކަމަށް އެއްވެސް ހަލެއް ހޯދިފައި ނުވާކަމަށް ވެސް ބެލެނިވެރިން ބުންޏެވެ. "ދުމުގެ ސަބަބުން ކުދިންގެ ބޮލުގައި ރިއްސުމާއި ހޮޑުލުމާއި މޭނުބައި ކުރުން ފަދަ އެތައް ކަމެއްދިމާވޭ. އެހެންވެ ކުދިން ސްކޫލަށް ދާންވެސް ދެކޮޅުހަދާ. މިކަމަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިންދޭން އެދެމުންތާ 9 އަހަރު މިވީ، އަދިވެސް ހައްލެއް ނެތް" ބެލެނިވެރިއަކު ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި އެހެން ބެލެނިވެރިއަކު ބުނީ މިދުވަސްވަރު ވައިރޯޅި ހުރިގޮތުން ހުރިހާސް ކުލާސް ރޫމްތަކަށް އޭގެ އަސަރުކުރަމުންދާ ކަމަށެވެ. "ބައެއް ޓީޗަރުންނަށް އޭގެ އަސަރުކޮށް ހެޔަށްވެސް ގޮތްވޭ. ދަރިވަރުންނަށް ކިހާވަރެއްވާނެ. ކައުންސިލުން ބުނަނީ ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް. ފެނަކައާ ވެސް ވާހަކަ ދެއްކި ކަމަށް،" އެމީހާ ބުންޏެވެ.

އެސްކޫލުގެ ޓީޗަރަކު ބުނީ ދުމުގެ އަސަރުކުރާލެއް ބޮޑުކަމުން ޓައިލްސް މައްޗަށް ވެސް ހީވަނީ ކަޅުތެޔޮ އަޅައިފައި ހުންނަހެން ކަމަށެވެ. "ދުމުގެ އަސަރުކުރާތީ ބައެއް ޓީޗަރުންނަށް ވަނީ ރޯގާވެސް ޖެހިފައި،" ޓީޗަރު ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.