ޕީޕީއެމްގެ މެނިފެސްޓޯ ތައްޔާރުކުރަނީ ޚާއްސަ ޓީމަކުން: ޑރ. ޚަލީލް

ޑރ. އަބްދުﷲ ޚަލީލް: ފޮޓޯ ވީނިއުސް

ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރައްވަމުން ގެންދަވަނީ ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ ޓީމަކުން ކަމަށާއި އެއާމެދު އަދި އެއްޗެއް ވިދާޅުންވާ އެނގިވަޑައި ނުގަންނަވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑޮކްޓަރ އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ ކަންކަން ކުރިއަށް ދަނީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުންކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ކެލާދާއިރާގެ މަޖިލިސް މެންބަރު އަލީ އާރިފް ވިދާޅުވެފައިވަނީ އެޕާޓީގެ ރިޔާސީ މެނިފެސްޓޯ އިއުލާން ކުރައްވާނީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތު ރައީސް ޔާމީން ކަމަށެވެ. އެކަން ކުރައްވާނީ ރަސްމީކޮށް އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަށް ވުމުން ކަމަށްވެސް އޭނާ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުންނަށް ވަރަށް އަވަހަށް އިލެކްޝަނުން އެފުރުސަތު ހުޅުވައިލައްވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯގައި "ސަޕްރައިޒް" ތަކެއްވެސް ހުންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.