ޖޭޕީގެ ސްލޮޓް ހައްގުވަނީ މިވަގުތު ޖަލު ހުކުމެއްގައި ހުންނެވި އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އާއި އާއިލާ އަށް: އަލީ ވަހީދު

ފޮޓޯ: ވީނިއުސް އިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅީފައިވާ ކޯލިޝަނުން އެއް ކެންޑިޑޭޓް ނެރޭނެ ކަމަށް ބުނަމުން އައި ނަމަވެސް މިހާތަނަށް ކެންޑިޑޭޓަކު ދެއްކިފައި ނުވެއެވެ. އެމްޑީޕީ އާއި ޖޭޕީ އިން ވަކީން އިންތިޚާބަށް ތައްޔާރުވަމުން ދިޔައެވެ. ނަމަވެސް އިއްޔެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފައިވާ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުގައި ވާދަ ނުކުރައްވާން ނިންމްވައި އެކަން އެންގެވުމާ ގުޅިގެން އިދިކޮޅު އިއްތިހާދުން މިވަނީ އެއް ކެންޑިޑޭޓް ނެރުމަށް ނިންމައިފައެވެ. އިއްތިހާދުން ނިންމާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި ޖުމުހޫރީ ޕާޓީގެ ރަނިންމޭޓަކު ނެރެ އިންތިޚާބު ކާމިޔާބު ކުރުމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ނޭނގެއެވެ.

ޖުމުހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ޖުމުހޫރީ ޕާޓީގެ ސްލޮޓް ހައްގުވަނީ "މިވަގުތު ޖަލު ހުކުމެއްގައި ހުންނެވި" އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އަށާއި އެމަނިކުފާނުގެ އާއިލާ އަށެވެ. އެހެންކަމުން އިއްތިހާދުން ނެރޭ ނާއިބު ރައީސް ކަމަށް އެމަނިކުފާނު ތާއިދު ކުރައްވަނީ ގާސިމް އިބްރާހިމްގެ އަނބިކަނަބަލުން ޢާއިޝަތު ނާޙުލާ އަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށް އެމްޑީޕީގެ ޕާލަމެންތްރީ ގްރޫޕުގެ ލީޑަރ އިބްރާޙިމް މުހައްމަދު ސާލިހް އަށެވެ. މި ދެބޭފުޅުން އިންތިޚާބު ކުރަން އަލީ ވަހީދު ތާއީދުކުރައްވާ ކަން ހާމަކުރައްވާފައިވަނީ ޓްވިޓާރ ގައެވެ. 

އަލީ ވަހީދުގެ ޓްވީޓު:

އިއްތިހާދުން އެއްކެންޑިޑޭޓް ނެރުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވާނީ ކޮން ބޭފުޅުންނެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ސޯޝަލްމީޑިއާގައި ފާޅުކުރާ ޚިޔާލަށް ބަލާއިރު ބައެއް މެންބަރުން ބުނަނީ ރައީސް ނަޝީދު ވިދާޅުވާ ބޭފުޅަކަށް ވޯޓު ދޭނެ ކަމަށެވެ. އެހެން މެންބަރުން ބުނަނީ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ޕްރައިމަރީ އެއް ބާއްވަން ވާނެ ކަމަށެވެ. ތަބަކަށް ލާފައި އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށެވެ. ޖޭޕީއަށް ތާއީދުކުރާ ބައެއް މީހުންގެ ޚިޔާލަށް ބަލާއިރު ރަނިންމޭޓަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އާއި ޑރ މައުސޫމް ގެ ނަން ފާހަގަ ކުރެވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.