ރައީސް މުޙައްމަދް ނަޝީދަށް ލިބިވަޑައިގެންފައިވާ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ. ޓިކެޓް ދޫކޮށްލައްވާން ނިންމެވި ކަން ޕާލަމެންްޓްރީ ގުރޫޕަށްވަނީ ކުރިން އަންގަވާފައެވެ. އަދި އެމަނިކުފާނު ވަނީ ޓްވިޓަރ މެދުވެރިކޮށް މިހާރު އެކަން ހާމަކުރައްވާފައެވެ.
ރައީސް ނަޝީދު ޓިކެޓް ދޫކޮށްލައްވާން ނިންމެވީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓަކު ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުންނެވެ. ރައީސް ނަޝީދު ގެ ޓްވީޓްގައި ވިދާޅުވެފައިވަނީ "2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އީސީ ބަލައިގަން އެމްޑީޕީ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދިހުމުގެ ގޮތުން، އަޅުގަނޑަށް ލިބިފައިވާ އެމްޑީޕީ ގެ ރިޔާސީ ޓިކެޓް ދޫކޮށްލުމަށް ނިންމައިފިން." ކަމަށެވެ. އަދި ޓިކެޓް ދޫކޮށްލައްވާން ގަސްތުކުރައްވަނީ އެމްޑީޕީގެ 3ވަނަ ކޮންގްރެސް ގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެެވ. އެމްޑީޕީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައިވަނީ މާދަމާ އުކުޅަހުގައެވެެ.
ރައީސް ނަޝީދުގެ ޓްވީޓް:
2018 vana aharuge riyaasee inthikhaabugai EC balaiganna MDP ge candidate eh nethidhaane kamuge kanboduvumah ijaab dhinumuge gothun, alhugandah libifaivaa MDP ge riyaasee ticket dhookohlumah alhugandu ninmaifin. Mikan alhugandu kuran gasthukuranee MDP ge 3 vana Congress ga
— Mohamed Nasheed (@MohamedNasheed) June 29, 2018
ނަޝީދަށް ތާއީދުކުރާ މީހުން ދެކޭގޮތުގައި އެމަނިކުފާނަކީ އަބަދުވެސް އަމިއްލަ އެދުމަށްވުރެ ގައުމާއި ރައްޔިތުން އިސްކުރައްވާ ބޭފުޅެކެވެ. މިއަދުގެ ނިންމެވުމަކީވެސް އަމިއްލަ އެދުން އެއްފަރާތްކޮށް ގައުމު އިސްކުރައްވައި ނިންމެވި ހިތްވަރު ގަދަ ނިންމެވުމެކެވެ. ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މިއީ އެހެން ގޮތެއް ނެތިގެން ނިންމެވި ނިންމެވުމެކެވެ.
މިކަމާ ގުޅިގެން ކޮށްފައިވާ ބައެއް ޓްވީޓްތައް:
• Vaadhaverikoh oiy thafaathu fikuruge party thah adhi leaderun ehkohdhevvumah isdhaureh adhaakurevvi
• MUO ufahdhavaa, Leader kan dhookohlevvi
• Qaumu iskuravva miadhu dhookollevee MDP ge 46000 membarun dhevvi ticketRaees ge hiyvarugadha nimmevumah marhabaa adhi saabas. ? https://t.co/9qiN2O3v5d
— Ahmed Mahloof (@AhmedMahloof) June 29, 2018
?
My prayer is you will be back to lead us, united with the people & the land you hold so dearly. My wish is that the country can do justice to the great man you are.There will never be your equal in vision, courage, service & love for the people. I love you. @MohamedNasheed pic.twitter.com/csW96qQeJv
— Eva Abdulla ?❓ (@evattey) June 29, 2018
The People's President exemplifies what it means to put #Nationfirst. Courage, honour, compassion, sacrifice, he is all that. He is all of us. pic.twitter.com/JJdpykqt2f
— Dhiyana ??? (@dhiyanasaid) June 29, 2018
He resigned his presidency in 2012 so that there may not be bloodshed. He now gives up his candidacy in 2018 so that fellow Maldivians may have victory over tyranny. Thats called putting "Nation First" over personal ambition.That's being honorable.
— A Ghafoor Mohamed (@aghafoormohamed) June 29, 2018
Raees Nasheed ge nimme vumakee choice eh ovegen nimmevi nimmevumeh kamah dheyhavaa gothah dhakkaa vaahaka akee dhivehi popular culture gai hunna kamah Romero-Frias bunaa "excessive open display of vain flattery and praise" ge vaththareh.
— Azim Zahir (@aazimzahir) June 29, 2018