އަންނަ ހަފްތާއިން ފެށިގެން އައްޑޫ ރައްޔިތުންނާ ގޯތި ހަވާލު ކުރަން ފަށަނީ

އަންނަ ހަފަތާއިން ފެށިގެން އައްޑޫ ރައްޔިތުންނާ ގޯތި ހަވާލު ކުރައްވަން ފަށްޓަވާނެ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އައްޑޫ ކޮންވެންޝަން ސެންޓަރ ސަރަހައްދުން އެމްޑީޕީ ސަރުކާރުން އައްޑޫ ރައްޔިތުން އަތުން ވަކިކުރި ގޯތިތައް އަނބުރާ ހަވާލުކުރަން ރައީސް ޔާމީން ނިންމަވައި، އެގޯތިތައް އަންނަ ހަފްތާއިން ފެށިގެން ހަވާލުކުރަން (އިރާދަ ކުރެއްވިއްޔާ) ފަށާނަން،" ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި އެ ގޯތިތައް ސަރުކާރަށް ނެންގެވީ ބަދަލު ދެއްވާ ގޮތަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވިއިރުވެސް ބަދަލު ދެވިފައެއް ނުވެއެވެ.

މިނިސްޓަރ މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ރައީސް ނަޝީދު ސަރުކާރުގައި ކޮންވެންޝަން ސެންޓަރު ސަރަހައްދުން ސަރުކާރަށް ނެންގެވި ގޯތިތަކުގެ ބަދަލުގައި ގޯތި ދެއްވާއިރު ދެއްވާނީ 3000 އަކަފޫޓުގެ ގޯތި ކަމަށެވެ. ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އަމަން އަލީ ވިދާޅުވީ ބަދަލުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 800 ގޯތި ކަމަށެވެ. ގޯތި ދޫކުރެއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.