އާފަތިސް ބަދިގެ: މަހަލަބިއާ

އީދު ދުވަހު މެންދުރުގެ ކެއުން ފުރިހަމަވާނީ ފޮނި ކާއެއްޗަކާ އެކުއެވެ. އީދު ކެއުމާ އެކު އަރަބި ފޮނިކާއެއްޗެއްގެ އަޖުމަ ބަލައިލަމާ ހިނގާށެވެ. 

ބޭނުންވާނެ ތަކެތި:

1 ޕެކެޓް ކިރު، ފުލް ކްރީމް

1 ދަޅު ގެރިކިރު

½ ޖޯޑު ޒުވާރި ފުށް

1 އޮރެންޖުގެ ޖޫސް 

4 ރާނބާފަތް، 4 އިންޗީގެ 

ތައްޔާރުކުރާނެ ގޮތް:

ގެރި ކިރާއި މިލްކް ޕެކެޓް ކަރަންޓު މިކްސަރަކުން ގިރާށެވެ.

އުނދުން މައްޗަށް ތެއްޔެއް އުދައި މިކްސަރުން އެއްކުރި ކިރާއި ޒުވާރިފުށް ތެއްޔަށް އަޅައިގެން މަޑު ގިނީގައި ބަހައްޓައިގެން ހޫނުކުރާށެވެ. ހޫނުކުރަމުން ދާއިރު ދޭފަތުން ހަލުވާށެވެ. އަދި ރާންބާފަތާއި އޮރެންޖް ދިޔަ އަޅައިގެން ކައްކާށެވެ. ކުރި ހަރުވާން ފެށުމުން ޓްރޭ އަކަށް ނުވަތަ ބިއްލޫރި ތަށްޓަށް އަޅާށެވެ. އެއަށް ފަހު މައްޗަށް ކަޖޫ ނަޓްސް ނުވަތަ ކަނަމަދު ނުވަތަ އާމަންޑު ފުނޑުކޮށްފައި ބުރާވާލާށެވެ. ނާތުގެ ބަދަލުގައި އެހެން އެއްޗެއްވެސް ބޭނުން ކުރެވިދާނެއެވެ.   

ދެން ހިޙޫ ވަންދެން ބަހައްޓާށެވެ. ވަގުތު އޮތް ނަމަ ފޮނި ކުރަން އައިސް އަލަމާރީގައި ބަހައްޓާށެވެ.

މިއީ ވަރަށް މީރު ފޮނި ކާއެއްޗެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.