ބޭނުންވާނެ ތަކެތި:
150 ގުރާމް ބަޓަރު
1 ޖޯޑު ހަކުރު
ދެ ކުކުޅު ބިސް
300 ގުރާމް ސަވަރ ކްރީމް
ދޮޅު ޖޯޑު ސެލްފް ރެއިޒިނގް ފުށް
ބައިޖޯޑު ޑެސިކޭޓެޑް ކޮކޮނަޓް
މޭޒުމަތީ ސަމުސަލެއްގެ ލުނބޯ ތޮށި، ގާނާފައި
ޖޯޑެއްގެ ހަތަރުބައި ކުޅަ އެއްބައި ލުނބޯ ހުތް
ބައި ޖޯޑު ލެމަން ކާރޑް
ތިން ޖޯޑު ހުނި
ލެމަން އައިސިންގ އަށް ބޭނުންވާނެ ތަކެތި:
4 ޖޯޑު އައިސިންގް ޝުގަރ
ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ލެމަން ކާރޑް
20 ގުރާމް ބަޓަރު
ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ލުނބޯ ހުތް
ބައިޖޯޑު ހޫނު ފެން
ތައްޔާރު ކުރާނެ ގޮތް:
180 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނު ކުރާށެވެ. އަދި 20 ސެނޓިމީޓަރު ޓްރޭ އެއްގައި ބަޓަރު އުނގުޅައި ބޭކިންގ ޕޭޕަރ އަޅާށެވެ.
އިލެކްޓްރިކް މިކްސަރަކުން ބަޓަރާއި ހަކުރު ކްރީމަށް ވަންދެން އެއްކުރާށެވެ. މިކްސްޗަރުގެ ތެރެއަށް ފަހަރަކު ބިހެއް އަޅައި ރަނގަޅަށް އެއްކުރާށެވެ. ދެން ސަވަރ ކްރީމް އަޅާށެވެ. އެއަށްފަހު ފުށާއި ކާށްޓާއި، ލުނބޯ ތޮށްޓާއި ލުނބޯ ހުތް އެއްކުރާށެވެ. ދެން ލެމަން ކާރޑް އަޅާށެވެ.
ތައްޔާރުކޮށްފައި ހުރި ޓްރޭއަށް މިކްސްޗަރު އަޅައި މަތި އޮމާން ކުރުމަށްފަހު އަވަނުގައި 45 މިނިތް ނުވަތަ 50 މިނިތް ވަންދެން ފިހޭށެވެ. އަވަނުން ނަގއި ޓްރޭގައި ފަސް މިނިޓްވަރު ބެހެއްޓުމަށް ފަހު ނަރުގަނޑެއްގެ މައްޗަށް ފުށުން ޖަހައި ހިހޫ ކުރަން ބާއްވާށެވެ.
ލެމަން އައިސިންގ ތައްޔާރު ކުރުމަށްޓަކައި އުނދުން މައްޗަށް ތަވައެއް އުދައި އައިސިންގ ޝުގަރ އާއި ލެމަން ކާރޑް އާއި ބަޓަރާއި ލުނބޯ ހުތާއި މަޑު ގިނީގައި ބަހައްޓައިގެން އެއްކުރާށެވެ.
ބޯތަށްޓަކަށް ކާށި ހުނި އަޅާށެވެ. ތިނެސްކަނަށް ވާގޮތަށް ކޭކު ފޮތިކުރާށެވެ. އުލަކުން ކޭކެ ކޮޅުތައް ނަގައި އައިސިންގ އުނގުޅުމަށްފަހު އޭގެ ބޭރުން ކާށި ހުނި އުނގުޅާށެވެ. 30 މިނިތް ވަރު ބެހެއްޓުމަށް ފަހު ކާން ނަގާށެވެ.
ލެމަން ކާރޑް ތައްޔާރު ކުރާނެގޮތް ތިރީގައި މިވާ ލިންކުގައި ވާނެއެވެ.